ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން ބޭފުޅަކު ހޮއްވެވުމަށްޓަކައި އިއްޔެ ބޭއްވެވި އިންތިޚާބު ކާމިޔާބު ކުރެއްވި ހެންވޭރު ލާރކް އަލްއުސްތާޛު އަޙްމަދު ރަޝީދަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އަލްއުސްތާޛު އަޙްމަދު ރަޝީދު، މި އިންތިޚާބު ކާމިޔާބު ކުރެއްވީ 165 ވޯޓު ލިބިވަޑައިގަންނަވައިގެންނެވެ.