ސަރުކާރު މުވައްޒަފުންގެ ޢަދަދު ކަނޑައެޅުއްވުމުގެ ސިޔާސަތާ ގުޅޭ އިތުރު މަޢްލޫމާތު، މާދަމާގެ ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވާނެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް އަޅުއްވަމުން ގެންދަވާ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.

ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ކޮންމެ ހުކުރު ދުވަހަކު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިޔޯ ޚިޠާބު، ރަމަޟާންމަހު ފޮނުއްވާނީ ހެނދުނު 10.15 ގައެވެ. މާދަމާ، ރަމަޟާން މަހުގެ 1 ވަނަ ދުވަހަށް ނުވެއްޖެނަމަ، މާދަމާ ރޭޑިއޯ ޚިޠާބު ފޮނުއްވާނީ، ކުރިންވެސް ފޮނުއްވާ ގަޑި ކަމަށްވާ ހެނދުނު 7.15 ގައެވެ.