އޮޑިޓަރ ޖެނެރަލް ‏ކަމަށް‌‎ ‌‏ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ‌‏ރައީސުލްޖުމްހޫރިއްޔާގެ ‌‏އޮފީހުން މިއަދު އިތުރު ކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް މަގާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތުގެ މުއްދަތު، 16 ޖޫން 2021 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްދެއްވާފައެވެ.

އެހެންކަމުން މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް މިހާރު ހަމަޖެހިފައިވަނީ، 2021 ޖޫން 15 އަދި 16 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ‏އަދި، މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ‌‏ވެބްސައިޓުގެ އެޑްރެހަކީ ‏www.presidency.gov.mv‏ އެވެ.‏

 

ފައިލް
ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު
ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު
އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ފޯމު
އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ފޯމު
އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު
އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު
އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލާ މީހާގެ އިޤްރާރު
އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލާ މީހާގެ އިޤްރާރު