އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ތިންބޭފުޅުންގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް އަލުން ހުށަހަޅުއްވައިފިއެވެ. މިގޮތުން ހުށަހެޅުއްވި ތިން ބޭފުޅުންނަކީ، ދަފްތަރު ނަންބަރު 1896 އައްޝައިޚް ޝުޢައިބް ޔޫސުފާއި، މާފަންނު ފުސްފަރާގުގޭ މުޙަންމަދު ފާރޫޤާއި، ގަލޮޅު ހައްދުންމަތީގޭ ޙަސަން ރައީފެވެ.

މި ތިންބޭފުޅުންނަކީ، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢްލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.