މާދަމާއަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވިތާ އެއްއަހަރު ފުރޭ ދުވަސްކަމަށްވުމާއެކު، މި މުނާސަބަތުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްލަވާލައްވާނެއެވެ.

މާދަމާ ހެނދުނު 7.15 ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ މި ދެއްވާ ރޭޑިޔޯ ޚިޠާބުގައި މިމަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހުގެ މައްޗަށާއި، 12 ވަނަ ދުވަހު ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ. އަދި އޯގަސްޓް 12، 13 އިގެ ހާދިސާގެ ހަނދާންތައްވެސް އާ ކުރައްވާނެއެވެ.