ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، މާދަމާ ހެނދުނު 6 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވަވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.