بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


މިއަހަރުގެ އުފާވެރި މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ މުދައްރިސުންނަށް އަރިސްކުރަން.


‎މުދައްރިސުން އަދާކުރައްވަނީ ވަޒީފާއެއް ކަމަށްވިޔަސް، ޙަޤީޤަތުގައި މުދައްރިސުންގެ މަސައްކަތަކީ، ޤައުމުގެ ޙައްޤުގައި ކުރައްވާ، ވަރަށް އަގުހުރި އިންސާނީ ޚިދުމަތެއް. އެއީ، ރަނގަޅު ޢިލްމާއި ހެޔޮ ތަރުބިއްޔަތާއި ރިވެތި އަދަބު އަޚްލާޤުގެ މަތީގައި، އަޅުގަނޑުމެންގެ ދަރީންގެ ކުރިމަގު ބިނާކޮށްދިނުން. އާދެ! ޤައުމު ބިނާވަމުން ދަނީ، މުދައްރިސުން އަޅުއްވައިދެއްވާ ބިންގަލުގެ މަތީގައި.


ކޯވިޑް-19ގެ ނުރައްކަލުގެ ތެރޭގައިވެސް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމުގައި، މުދައްރިސުން ވެވަޑައިގަންނަވަމުން އެގެންދަވަނީ، މުޅި ޤައުމު ފަޚުރުވެރިވާ ފަދަ މަތިވެރި ޤުރުބާނީއެއް. އެކަމަށްޓަކައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

ތިޔަބޭފުޅުން ކުރައްވާ މަތިވެރި ޤައުމީ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި، ހެޔޮ ތައުފީޤު ދެއްވާށި! އާމީން.