ބޭންކް އޮފް މޯލްޑިވްސްގެ އޯޑިޓް ރިޕޯޓާ ގުޅިގެން، މޯލްޑިވްސް ޕޮލީސް ސަރިވިސްއިން ކުރައްވަމުން ގެންދަވާ ތަޙްޤީޤަށް ޖިނާއީ ކޯޓުގެ އިސް ޤާޟީ ހުރަސްއަޅުއްވާފައިވާ މައްސަލައާބެހޭގޮތުން މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.

މާދަމާ ހެނދުނު 7.15ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ކަންތަކާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތްވެސް ހާމަކުރައްވާނެއެވެ.