މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ޝަރުމީލާ މަންޒިލް އަޙްމަދު ޒަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމަށް މިއަދު ބައްދަލުކުރައްވައިފިއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ކަމުގެ މަގާމަށް ހެންވޭރު ނިޔާސާ ޑޮކްޓަރ ޙުސައިން ނިޔާޒް މިއަދު އިސްކުރައްވައިފިއެވެ.