ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ލީގަލް އެފެއާޒް އޮފީހެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައި، ލީގަލް އެފެއާޒް ސެކްރެޓަރީ ކަމަށް ބޭފުޅަކު އިސްކުރައްވައިފިއެވެ. މިމަގާމަށް އިސްކުރެއްވީ، މާފަންނު ނޫހިރި އަލްއުސްތާޛާ ޙިސާން ޙުސައިނެވެ. އޭނާ މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމުގައެވެ.