ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތާބެހޭ ވަރަށް އުންމީދީ ވާހަކަފުޅުތަކެއް މާދަމާގެ ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދައްކަވާނެއެވެ. އަދި އެކަމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.

މާދަމާ ހެނދުނު 7.15 ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު މި ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަޙުޘް ހިނގަމުންދާ ލާ މަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ހުށަހަޅުއްވާފައިވާ، "މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބިލު"ގެ މައްޗަށް ބައްލަވާލައްވައި، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ އިތުރު ތަފްޞީލުވެސް ދެއްވާނެއެވެ.