ކޯވިޑް-19 އާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި، މިހާރުގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ޙިއްޞާކުރައްވައިފިއެވެ. މިގޮތުން މި ރޯގާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ރޯގާގެ ޙާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރަށް ހަމަޖައްސަންޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.