ޔަމަނުގެ މަތިންދާބޯޓެއް އިންޑިޔާ ކަނޑަށް ވެއްޓި އެ ބޯޓުން ދަތުރުކުރި ފަރަންސޭސިވިލާތާއި ކޮމޯރޯސްގެ ގިނަ އަދަދެއްގެ ފަސިންޖަރުން ގެއްލިފައިވާތީ، އެކަމުގެ ހިތާމައިގައި ފަރަންސޭސިވިލާތުގެ ރައީސް ނިކޮލަސް ސަރުކޯޒީއަށާއި ކޮމޯރޯސްގެ ރައީސް އަޙްމަދު ޢަބުދުﷲ ސާމްބީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މި ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ދެ މެސެޖްގައި، އެ ދެބޭފުޅުންނަށާއި، އެ ދެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި ގެއްލުނު މީހުންނާއި ކުދިންގެ ޢާއިލާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.