މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް މާފަންނު ލަކްސްލިން ނީޒާ ޢިމާދު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އަދި އެބޯޑަށް ސަރުކާރުން ޢައްޔަނު ކުރައްވާ ޑިރެކްޓަރެއްގެ ގޮތުގައި އައްޑުއަތޮޅު ހުޅުދޫ ބްލޫ އެއަރ ހެންވޭރު ޗިނަރު މުޙަންމަދު ރަޝީދު ހަމަޖައްސަވައިފިއެވެ.