އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްޗަންގޮޅި ހައިވަކަރުގޭ މަޢްރޫފް އަޙްމަދު، އޭނާގެ ނަންފުޅު އަނބުރާ ގެނައުމަށް އެދިވަޑައިގަތުމާ ގުޅިގެން، އެނަންފުޅު އަނބުރާ ގެންނަވައިފިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އިޢުލާނު ކުރެއްވުމާ ގުޅިގެން އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެއް ކަމަށްވާ އައްޑުއަތޮޅު މަރަދޫފޭދޫ ބަގީޗާގޭ ޙަސަން ޝާހުގެ ނަންފުޅު، މަޢްރޫފް އަޙްމަދުގެ ނަންފުޅުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.