ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ”ވަރކްސް ކޯޕަރޭޝަން ލިމިޓެޑު“ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކުލަވާލައްވައިފިއެވެ. މިބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ހެންވޭރު ހިކިފިނިފެންމާގޭ ޢުމަރު ޢަބްދުއްރައްޒާޤެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، މާފަންނު މަހެކް ޙުސައިން ޝިޔާމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މައްޗަންގޮޅީ ރަންކޮކާގޭ މުޙަންމަދު ޢަރީފާއި، އައްޑުއަތޮޅު ހިތަދޫ ރޭއަލިވާގޭ އަޙްމަދު ޒުހައިރާއި، މައްޗަންގޮޅީ ތަރިޖެހިއާގޭ މުޙަންމަދު ޢަފީފް ޙުސައިނެވެ.