ސްރީލަންކާގެ 72 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ހޮޓެލްޖެންގައި މިރޭ ބޭއްވި ޙަފުލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

ސްރީލަންކާގެ ސަޤާފަތް ދައްކުވައިދޭ ބައެއް ހަރަކާތްތަކާއެކު ކުރިޔަށްދިޔަ މި ޙަފުލާގައި ސްރީލަންކާގެ ހައިކޮމިޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. ސްރީލަންކާއަށް މިނިވަންކަން ލިބުނީ 4 ފެބުރުވަރީ 1948ގައެވެ.

މި ޙަފްލާގައި ރާއްޖެއާ ސްރީލަންކާގެ ބައެއް ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ސްރީލަންކާއާ ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 26 ޖުލައި 1965 ގައެވެ.