ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މާލެ އަތޮޅު ހިންމަފުއްޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިންމަފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ހިންމަފުށީ ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރ އަޅާ ސަރަޙައްދު ބައްލަވާލެއްވެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިންމަފުއްޓަށް ކުރެއްވި މި ޒިޔާރަތުގައި ހިންމަފުށީ ހެލްތް ސެންޓަރަށްވެސް ޒިޔާރަތްކުރެއްވިއެވެ.