ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމަށް ގަލޮޅު ބޮޑުގާދޮށުގޭ ޙަސަން ޢަފީފް، ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފިއެވެ. އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ކެލާ އިރުދޭމާގޭ ޒުބައިރު މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފިއެވެ.