ވަކި އާދައެއްގެ މަތިން ރައީސް މުޙަންމަދު ނަޝީދު، ދިވެހި ޤައުމާ މުޚާޠަބު ކުރެއްވުމަށް ނިންމަވައިފިއެވެ. މިގޮތުން، އެމަނިކުފާނު ދިވެހި ޤައުމާ އެންމެ ފުރަތަމަ މުޚާޠަބު ކުރައްވައި ދެއްވާ ރޭޑިއޯ އެޑްރެސް ދެއްވާނީ، އަންނަ ހުކުރު ދުވަހު ހެނދުނު 7.15 ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައެވެ.

ރައީސް ނަޝީދު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިދެއްވާ ފުރަތަމަ ރޭޑިއޯ އެޑްރެހުގައި، ސަރުކާރު ހިންގުމުގައި، ކައިރި މުސްތަޤްބަލެއްގައި ކުރައްވަން ހުރި މަސައްކަތްޕުޅުތަކުގެ މައްޗަށާއި، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށް ބައްލަވާލައްވާނެއެވެ. އަދި އެމަނިކުފާނު ރޭޑިއޯ އެޑްރެސް ދެއްވާ ދުވަހަކީ، ދުނިޔޭގެ ތިމާވެށި ދުވަސް ކަމަށްވުމާއެކު، ތިމާވެށީގެ މުހިންމު ކަމުގެ މައްޗަށާއި، ޖޫން 8 ގައި ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވާނެއެވެ.