އިންޑިޔާގެ ކުރީގެ ރައީސް ރާމަސުވާމީ ވެންކަޓަރާމަން އަވަހާރަވުމާ ގުޅިގެން ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ލިޔުއްވައި މިއަދު ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، ރައީސް ވެންކަޓަރާމަން އަވަހާރަވުމުން، މުޅި ދުނިޔެއަށްވެސް އެ ގެއްލިގެންދިޔައީ، ވަރަށް ހަރުދަނާ ޝަޚްޞިއްޔަތެއް ކަމުގައި ވިދާޅުވެފައިވެއެވެ. ނާއިބު ރައީސްގެ ބަޔާނުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.