ކެއަރ ސޮސައިޓީ ހިންގެވުމަށްޓަކައި ހެންވޭރު ސީވިއު ކިޔާ ގޯތީގައިވާ ޢިމާރާތް ސަރުކާރުން ދެއްވައިފިއެވެ. ކެއަރ ސޮސައިޓީގެ އޮފީސް ހިންގެވުމަށް، މި ޢިމާރާތް، އެ ސޮސައިޓީއާ ޙަވާލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި މިހާރުވަނީ ދަންނަވާފައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ކެއަރ ސޮސައިޓީ ހިންގާނެ ޢިމާރާތެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިޢްލާނު ކުރެއްވީ، އެ ސޮސައިޓީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިދިޔަ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.