ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ކިޔޯޝީ އަރާކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮންނަނީ، ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް ކަމަށް ވިދާޅުވެ، މިގުޅުން ބަދަހި ކުރެއްވުމަށް މިސްޓަރ އަރާކީ ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.

މިސްޓަރ އަރާކީ ދެއްކެވި ވާހަކަފުޅުގައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ޚިދްމަތް ކުރެއްވުމަކީ، އޭނާއަށް ވަރަށް މަތިވެރި އުފަލެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޖަޕާންގެ ވޮލަންޓިއަރުންގެ ހަރަކާތްތައް ރާއްޖޭގައި ފުޅާކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.