ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ވޮލަންޓިއަރޒް ކޯގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ހެންވޭރު ގުރުވަ އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު އިސްކުރައްވައިފިއެވެ. އަދި، ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ގަލޮޅު ދޫރެސްވިލާ އަލްފާޟިލް މުޙަންމަދު ޒާހިރު ހަމަޖައްސަވައިފިއެވެ.