އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ ލީޑަރ ޑޭވިޑް ކެމަރަންގެ ދަރިކަލުން ވަރަށް ގިނަދުވަހު އާލާސްކަންފުޅާއުޅުއްވުމަށްފަހު އަވަހާރަވުމާ ގުޅިގެން ހިތާމަފާޅުކުރައްވައި ޑޭވިޑް ކެމަރަންއަށް ރައީސް ނަޝީދު މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖްގައި، މި ހިތާމަވެރި ދަނޑިވަޅުގައި ޑޭވިޑް ކެމަރަންއަށާއި އޭނާގެ އާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.