މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމަށް ދެބޭފުޅަކު އިސްކުރައްވައިފިއެވެ. މިމަގާމަށް އިސްކުރެއްވި ދެބޭފުޅުންނަކީ، މާލެ ވިލިނގިލި އަސްނި އަލްފާޟިލް ޢަބްދުއްލަޠީފް ޤާސިމާއި، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ގޮންގަލި އަލްފާޟިލް މުޙަންމަދު ޝަރީފެވެ.