މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ޢައްޔަން ކުރެއްވާ ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. މި ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މާލޭ ވިލިނގިލީ ރިވެތި އަލްފާޟިލް އަޙްމަދު މަންޞޫރެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސެވީ، މާފަންނު ހަނީޑިއު އަލްފާޟިލް މުޙަންމަދު އަޙްމަދުދީދީ އެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މާފަންނު ލަކްސްލިން އަލްފާޟިލާ ނީޒާ ޢިމާދާއި، މައްޗަންގޮޅީ ޗަނބޭލީމާގޭ އަލްފާޟިލާ ޢާއިޝަތު ނަޝީދާއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުވެސް އަލުން އެކުލަވާލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މާފަންނު ލޫބިޔާ އަލްފާޟިލް ޙުސައިން ނިޒާރެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސެވީ، މާފަންނު ލަކްސްލޮޖް އަލްފާޟިލް މަހުދީ ޢިމާދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މައްޗަންގޮޅީ އެނބޫ ޑޮކްޓަރ މުޙަންމަދު ޝިހާމް އާދަމާއި، އައްޑުއަތޮޅު ހުޅުދޫ ރިޔާޒް އަލްފާޟިލް އިބްރާހީމް ޒަކީ އާއި، ގަލޮޅު ހިލްމަން އަލްފާޟިލް މޫސާ ޙަލީމާއި، ގަލޮޅު ރަންކޮކާވިލާ އަލްފާޟިލް މުޙަންމަދު ނަޢީމާއި، މައްޗަންގޮޅީ ގްލޭމަރ އަލްފާޟިލް ޢަބްދުﷲ ވަސީމާއި، މާފަންނު ވެރާ އަލްފާޟިލް މުޙަންމަދު ހާޝިމާއި، މާފަންނު އެމަތިސްޓް އަލްފާޟިލް ޙުސައިން ނަޢީމާއި، އަދި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ޒިންދަގީ އަލްފާޟިލް އާދަމް ޝަރީފެވެ.