މޫސުމަށް އަންނަ ބަދަލުތަކާބެހޭ މާހިރުންގެ ޓީމަކާ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ބައްދަލުކުރައްވައިފިއެވެ. އިނގިރޭސިވިލާތުގެ މި ޓީމާ ޑޮކްޓަރ ވަޙީދު ބައްދަލުކުރެއްވުމުގެ މަޤްޞަދަކީ، ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން، ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަކީ ކޮބައިތޯ ބައްލަވައި އެކަމާބެހޭގޮތުން އެބޭފުޅުންނާ މަޝްވަރާ ކުރެއްވުމެވެ. އެންމެފަހުގެ ހޯދުންތަކުން މިކަމުގެ ނުރައްކާތެރިކަން ރާއްޖެއަށް ހުރި މިންވަރާއި، މޫސުމަށް މި އަންނަ ބަދަލުތަކުން ރައްކާތެރިވުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކާބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.