ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން މާދަމާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީބަޔާން އިއްވަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވަވާނީ މާދަމާ ހެނދުނު 10 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބާއްވާ އެމަޖިލީހުގެ 2009ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.

މާދަމާގެ ޖަލްސާ، ރައީސް އޮފީހުގެ ވެބްސައިޓުން، ހަމަ އެގަޑީގައި ވެބްކާސްޓް ކުރާނެއެވެ. މިސައިޓުގެ އެޑްރެހަކީ، ޑަބްލިޔޫ ޑަބްލިޔޫ ޑަބްލިޔޫ ޑޮޓް ޕްރެޒިޑެންސީ މޯލްޑިވްސް ޑޮޓް ގަވް ޑޮޓް އެމްވީ (www.presidencymaldives.gov.mv) އެވެ.