ރައީސް މުޙަންމަދު ނަޝީދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެޑިޝަނަލް ސެކްރެޓެރީ ކަމުގެ މަގާމަށް ގަލޮޅު ވައިޖެހޭގޭއާގޭ ޑޮކްޓަރ މުޙަންމަދު ޢާޞިމް މިއަދު އިސްކުރައްވައިފިއެވެ. ޑޮކްޓަރ ޢާޞިމް މިމަގާމަށް އިސްކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. ޑޮކްޓަރ ޢާޞިމް މީގެކުރިން ހުންނެވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ.