މާލެއަތޮޅު އަތޮޅު ކައުންސިލަރުގެ މަގާމަށާއި، ހަތަރު ރަށެއްގެ ކައުންސިލަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން އިސްކުރައްވައިފިއެވެ. މިދަންނަވާލަނީ ކައުންސިލަރުގެ މަގާމަށް އިސްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން އިސްކުރެއްވި ރަށްރަށެވެ.

1. މާލެއަތޮޅު ކައުންސިލަރުގެ މަގާމަށް ދަފްތަރު ނަންބަރު 1659 އަލްފާޟިލް އާދަމް ނާޞިރު.

2. މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލަރުގެ މަގާމަށް ދަފްތަރު ނަންބަރު 94/151 އަލްފާޟިލް މުޙަންމަދު ޝަމީމް.

3. މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލަރުގެ މަގާމަށް ކެންދޫ ދިލާސާގޭ އަލްފާޟިލް ޢަބްދުއްރަޙްމާން ޢަބްދުﷲ.

4. މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލަރުގެ މަގާމަށް ކުޑަރިކިލު ހަވީރީނާޒް އަލްފާޟިލް ޙަސަން ސިރާޖް.

5. ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލަރުގެ މަގާމަށް ނިލަންދޫ ވައިލެޓްވިލާ އަލްފާޟިލް ނާޞިޙް އިބްރާހީމް.