އެމެރިކާގެ މޮންޓާނާ ސްޓޭޓަށް މަތިންދާބޯޓެއް ވެއްޓި، އެބޯޓުން ދަތުރު ކުރި އެންމެން މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސް މުޙަންމަދު ނަޝީދު، އެމެރިކާގެ ރައީސް މިސްޓަރ ބަރަކް އޮބާމާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް އޮބާމާއަށާއި، އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް، ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.