”ރިޔާސީ ގަނޑުވަރު“ ގެ ނަން ”ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ“ މި ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރައްވައިފިއެވެ.

މިބަދަލުގެންނެވީ، 2009 މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.