އަލްޖަޒާއިރުގެ ރައީސް ޢަބްދުލްޢަޒީޒް ބޫތަފްލިޤާ، ރައީސް ކަމުގެ މަގާމަށް އާ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން ރައީސް ބޫތަފްލިޤާއަށް ރައީސް މުހަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިމުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ރައީސް ބޫތަފްލިޤާއަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ދިވެހިރާއްޖެއާއި އަލްޖަޒާއިރާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިމަގުގައިވެސް އިތުރަށް ބަދަހިވެ ތަރައްޤީވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.