ރައީސް މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. އަދި ސަރުކާރުން ގެންގުޅުއްވާ ޢާންމު ސިޔާސަތުތައް ހާމަކުރައްވާނެއެވެ.

މިދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަންނަވާނީ އިނގުރައިދޫއަށެވެ.