މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

މިފަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ 5 ބޭފުޅަކަށެވެ. މި ފަސް ބޭފުޅުންގެ ތެރެއިން 4 ބޭފުޅުންނަކީ، މީގެކުރިން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. 

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަސް ބޭފުޅުންނަކީ:

1.    އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: 
        ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދު ހ.ހިތްފަހި

2.    ފަތުރުވެރިކަމުގެ ދާއިރާއިން:
އަލްފާޟިލް އަޙްމަދު މާހިރު މއ.ރައުފަތުގެ

3.    އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:
އަލްފާޟިލާ ޝަމީމާ ކަނބުލޭގެފާނު މއ.ފެހިއަލިއާގެ

4.    މަސައްކަތްތެރިކަމުގެ ދާއިރާއިން:
އަލްމަރްޙޫމް މުޙައްމަދު ޝާކިރުގެ ހަނދާނަށް
 
5.    ކުޅިވަރުގެ ދާއިރާއިން، ކުޅިވަރުކުޅުމާއި، ކުޅިވަރު ހިންގުމާއި މީހުން ތަމްރީނުކުރުމުގެ ރޮނގުން:
އަލްފާޟިލް އަޙްމަދު ސަލީމް ހ.ހީނާގަސްދޮށުގެ


    ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުނީ 15 ބޭފުޅަކަށެވެ. މި އިނާމު އެރުވުނު ފަނަރަ ފަރާތަކީ:

1.    ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން:
     އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދު ފިނިހިޔާގެ ބ.އޭދަފުށި 

2.    ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހާއި، ބަހުގެ ޢިލްމު ކުރިއެރުވުމާއި ބަސް ދިރާސާކުރުމުގެ ރޮނގުން:
     އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ   ދިލްކަޝްގެ ބ.އޭދަފުށި 

3.    ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން، ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން:
     ވޮރަންޓް އޮފިސަރ 1 ޢަބްދުއްރައްޒާޤް ޢަބްދުއްރަޙްމާން ކާށިދޫގެ ހއ.ބާރަށް 

4.    ޞިއްޙީ ދާއިރާއިން، އާންމު ޞިއްޙަތު ކުރިއެރުވުމުގެ ރޮނގުން:
     ޑޮކްޓަރ ޢަބްދުﷲ ޢަފީފު   ހުދުވިލާގެ ސ.މީދޫ 

5.    އިޖުތިމާޢީ ރައްކާތެރިކަމާއި އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން، ތަފާތު ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:
     އަލްފާޟިލާ މަރްޔަމް ސަހުދާ ދަފްތަރު ނަންބަރު 4356

6.    ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުންލިބޭނޭ އެކި ކަންކަން ހިންގުމާއި، ތަޢާރުފުކުރުމުގެ ރޮނގުން:
     އަލްފާޟިލް މުޙައްމަދު ފިރާޤް ހ.ލޭޑީބާރޑް

7.    ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމުގެ ރޮނގުން:
     އަލްފާޟިލް މުޙައްމަދު ޖަވާދު ދަފްތަރު ނަންބަރު 2600

8.    ޑައިވިންގގެ ދާއިރާއިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގގެ ރޮނގުން:
     އަލްފާޟިލާ ޒޫނާ ނަސީމް  ލަކީކޯނަރ ނ.ކުޑަފަރި 

9.    ޑައިވިންގގެ ދާއިރާއިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގގެ ރޮނގުން:
     އަލްފާޟިލް ޢާޞިމް މުޙައްމަދުފުޅު  އިރާކް ކ.މާފުށި 

10.     ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ފަންނީ ގޮތުން ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން:
      އަލްފާޟިލް އިބްރާހީމް ރަޝީދު ޖަވާހިރުވިލާ ސ.ހުޅުދޫ 

11.     ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން:
      ސްޓާފް ސާރޖަންޓް އަޙްމަދު ޢަބްދުލްކަރީމް  ތިބުރޯޒުގެ ވ.ކެޔޮދޫ 

12.     ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން:
      އަލްފާޟިލް ނައުފަލް މޫސާ  ޑޭޒީމާގެ އއ.އުކުޅަސް 

13.     ވިޜުއަލް އާޓްސްގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން:
      އަލްފާޟިލް ޢަލީ ޝިފާޢު ގ.ހޮޅިގެ

14.     ވިޜުއަލް އާޓްސްގެ ދާއިރާއިން، އެނިމޭޝަންގެ ރޮނގުން:
         އަލްފާޟިލް އަޙްމަދު ސިނާން  ޗަމަން ރ.ފައިނު

15.     ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަކިޔުމާއި، މިޔުޒިކް ކުޅުމާއި، އަމިއްލަ ރާގު   އުފެއްދުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން:
     އަލްފާޟިލް އިބްރާހީމް ޒައިދު ޢަލީ  ކީރަންމާގެ ގދ.ތިނަދޫ 


މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.