ރައީސް މުޙަންމަދު ނަޝީދު، އައްޑުއަތޮޅަށާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ. މި ދަތުރުފުޅުގައި އައްޑުއަތޮޅު ހިތަދޫގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ސަދަން އޭރިއާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު އިފްތިތާޙްކޮށްދެއްވާނެއެވެ. އަދި އައްޑުއަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް އިޢްލާން ކުރެއްވުމަށް ހިތަދޫގައި މާދަމާ ހެނދުނު ބާއްވަވާ ރަސްމީ ޖަލްސާގަޔާއި، ފުވައްމުލަކުގެ ތަރައްޤީގެ މަޝްރޫޢުތައް އިޢްލާން ކުރެއްވުމަށް ފުވައްމުލަކުގައި މާދަމާ ރޭ ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.