އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ ނަން ރައީސް މުޙަންމަދު ނަޝީދު ރޭ ރަސްމީކޮށް ކަޝްފުކޮށްދެއްވައިފިއެވެ. މިނަން ރައީސް ކަޝްފުކޮށްދެއްވީ ރައީސްގެ ޝަރަފުގައި ސަދަން ރީޖަނަލް ހެޑްކުއާޓަރޒްގައި ރޭ ބޭއްވެވި ފަރިއްކޮޅުގެ ތެރޭގައެވެ.

މިފަރިއްކޮޅަށްފަހު، ސިފައިންގެ 117ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިތަދޫ ކުޑަކުދިންގެ ޕާކުގައި ބޭއްވެވި "ސިފައުފާ" ޝޯ ރައީސް ނަޝީދު ބައްލަވާލެއްވިއެވެ. މިޝޯގައި ހަވާއެރުއްވުންވެސް އޮތެވެ.