އިންޑޮނީޝިޔާގެ އަސްކަރީ މަތިންދާބޯޓެއް އިންޑޮނީޝިޔާގެ ޖާވާއަށް ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވުމާގުޅިގެން، އެކަމުގެ ހިތާމައިގައި އިންޑޮނީޝީޔާގެ ރައީސް ސުސިލޯ ބަންބަންގ ޔޮދޮޔޯނޯއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ މެސެޖްގައި، އެ ޤައުމަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ރައީސް ޔޮދޮޔޮނޯއަށާއި އިންޑޮނީޝީޔާ ސަރުކާރަށް، ދިވެހިރައްޔިތުންނާއި ދިވެހި ސަރުކާރާއި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކާމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.