ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް މިއަދު މުޅި ރާއްޖޭގައި ބާއްވަމުން ގެންދާ އިންތިޚާބުގައި ރައީސް މުޙަންމަދު ނަޝީދު ވޯޓުލައްވައިފިއެވެ.

މިއީ، އާ ޤާނޫނުއަސާސީގެ ދަށުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އިންތިޚާބެވެ. މިއިންތިޚާބުގައި 77 ގޮނޑިއަށް ވާދަކުރައްވަނީ 455 ކެންޑިޑޭޓުންނެވެ.