ސަރުކާރުގެ ބައެއް މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އިސްކުރައްވައިފިއެވެ. މިގޮތުން އިސްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން އިސްކުރެއްވި މަގާމުތައް މިދަންނަވަނީއެވެ.

1. ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ރައީސް ކަމަށް މައްޗަންގޮޅީ އެއިމޭ އަލްފާޟިލް އަޙްމަދު ނަޞީރު.

2. މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ކަމަށް ހެންވޭރު އިސްދޫ އަލްފާޟިލާ މާރިޔާ ޢަލީ.

3. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ ނައިބު ކަމަށް ހެންވޭރު ވައިފިލާގޭ އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކު.

4. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމަށް ހެންވޭރު ގިރީތެރޭގޭ އަލްފާޟިލް މުޙަންމަދު ކަމާލާއި، މާފަންނު ދިލޭރާމުގޭ އަލްފާޟިލް ޢަބްދުއްރައްޒާޤު އަބޫބަކުރު.

5. މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލަރ ކަމަށް މާޅޮސްމަޑުލު އުތުރުބުރީ ކަނދޮޅުދޫ ސޭޑީސައިޑް އަލްފާޟިލް އިސްމާޢީލް އަޙްމަދު.

6. މާލެއަތޮޅު ކާށިދޫ ކައުންސިލަރ ކަމަށް ކާށިދޫ ބަގީޗާއާގޭ އަލްފާޟިލް މުޙަންމަދު ނަޝީދު މޫސާ.

7. އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލަރ ކަމަށް މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 5554 އަލްފާޟިލް ސަޢީދު ޙަސަން.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ ކަމަށް ގަލޮޅު ހިމާލިޔާގޭ އަލްފާޟިލާ ފާޠިމަތު ނިޢުމާ. އަދި އެއޮފީހުގެ ސީނިއަރ ޕްރޮޖެކްޓް ޑިރެކްޓަރ ކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ފިތުރޯނުގޭ އަލްފާޟިލް މުޙަންމަދު ވަޙީދު ހަމަޖައްސަވައިފިއެވެ.