1.      ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ހޯދައި، އިންވެސްޓްކުރާ ފަރާތްތަކުން ޝައުޤުވެރިވާ ގޮތެއްގެ މަތިން ފަތުރުވެރިކަމުގެ ދާއިރާ ބައްޓަންކުރުން.

2.      ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި "ޕޮޒިޝަން" ކުރުމާއި، "ބްރޭންޑް" ކުރުމަށް ކުރަންޖެހޭ ކަންކަމުގެ އުޞޫލުތައް ކަނޑައެޅުން.

3.      ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވައި ހިންގުން.

4.      ފަތުރުވެރިކަމާބެހޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގުމާއި، ފަތުރުވެރިކަމާބެހޭ ޤާނޫނުތައް އެކުލަވައިލުމަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދިނުން.

5.      ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ގެންގުޅެންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހަދައި، މިންގަނޑުތައް ކަނޑައެޅުން.

6.      ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވަމުންދާ ގޮތް ދިރާސާކޮށް، ކަމާބެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

7.      ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށްގެން ހުއްދަ ދޫކުރަންޖެހޭ ތަންތަން ރަޖިސްޓްރީކޮށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.

8.      ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކުރާ ތަންތަން ހިންގަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމާއި، އެތަންތަނުގެ ދަފްތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފްތަރު ބަލަހައްޓަމުން ގެންދިޔުން.

9.      ފަތުރުވެރިކަން ތަރައްޤީކުރުމަށް ބިންބިމާއި، ރަށްރަށާއި، ތަންތަން ކުއްޔަށް ދޫކުރާނޭ އުޞޫލުތައް ކަނޑައަޅައި، އެތަންތަނުގެ ދަފްތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފްތަރު ބަލަހައްޓަމުން ގެންދިޔުން.

10. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފްތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފްތަރު ބަލަހައްޓަމުން ގެންދިޔުން.

11. ފަތުރުވެރިކަމުގެ ޞިނާޢަތަށް މެދުވެރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމާއި، އެފަދަ ހާދިސާއެއް މެދުވެރިވެއްޖެ ހިނދެއްގައި އިންސާނުންގެ ފުރާނަ ސަލާމަތްކުރުމާއި، އެފަދަ ހާދިސާއަކުން ލިބިދާނެ މާއްދީ ގެއްލުންތައް ކުޑަކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި، ގައިޑްލައިންތައް ހަދައި ހިންގުން.

12. ރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް ތަރައްޤީކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވައިލައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ޕްލޭންތައް ތަންފީޒުކުރުން.

13. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ދެމެހެއްޓެނެވިގޮތަކަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ޢަމަލީގޮތުން އެކަންތައްތައް ހިންގުން.

14. ފަތުރުވެރިކަމުގެ ޞިނާޢަތާގުޅޭ ރެކޯޑުތައް، އިންފޮރމޭޝަން ޓެކްނޮލޮޖީއާއި މިނޫންވެސް ޒަމާނީ ވަސީލަތްތަކުގެ ބޭނުންހިފައިގެން ރައްކާތެރިކޮށް ބެލެހެއްޓުން.

15. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާގުޅޭ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި، ރިޕޯޓްތައް ތައްޔާރުކޮށް، ގަވާއިދުން ޝާއިޢުކުރުން.

16. ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ހިމަނާފައިވާ އެންމެހައިކަންކަން ކުރުން.

17. މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.