1. ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ ޤަދަރު އުފުލޭ ގޮތެއްގެ މަތިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުން.
2. ރާއްޖޭގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތެއްގައި ބޭރު ދުނިޔެއަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖޭގެ ޤަދަރު އުފުލައި، ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމަށްޓަކައި ޤައުމުތަކާއެކު ސިޔާސީ ގުޅުން ޤާއިމުކޮށް ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުން.
3. ޚާރިޖީ ސިޔާސަތު ހިންގުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްރަޙުގައި ކުރިއަށްދާ މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ތިމާވެށީގެ މަސްލަހަތުތައް ހިމާޔަތްކޮށް އަޑުއުފުލުން.
4. ސިޔާސީގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާ ސަފީރުން ބަލައިގަތުމާއި، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ކަންތައްތައް ހަމަޖެއްސުން.
5. ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލޭޓުތައް ރާއްޖޭގައި ހުޅުވުމަށް އެހީތެރިވުން.
6. އެކި ޤައުމުތަކަށް ދިވެހި ސަފީރުންނާއި ކޮންސުލުން ޢަންޔަންކުރުމާގުޅޭ މަސައްކަތްތައް ކުރުން.
7. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމުގައި ލިބެންހުރި ފައިދާތަކަށް ރިޢާޔަތްކޮށް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލޭޓުތަކާއި، އެފަދަ އޮފީސްތައް ބޭރު ޤައުމުތަކުގައި ޤާއިމުކުރުން.
8. ރާއްޖޭން ބޭރުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލޭޓުތަކާއި، އެފަދަ އޮފީސްތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.
9. ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވާ ބިދޭސީންނާމެދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ލިބުމުން އެ ބިދޭސީއަކު ނިސްބަތްވާ ޤައުމަކަށް އެ މަޢުލޫމާތު ހިއްޞާކުރުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
10. ޚާރިޖީ ދާއިރާގައި ޚިދުމަތްކުރާ އިދާރީ، ކޮންސިއުލަރ، ޑިޕްލޮމެޓިކް، ސިޔާސީ، އިޤްތިޞާދީ، އަސްކަރީ އަދި އެހެނިހެން ދާއިރާތައް ތަމްސީލުކުރާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުމާއި ތަމްރީން ލިބޭނެ މަގު ތަނަވަސްކޮށްދިނުން.
11. ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތްކުރާ ފަރާތްތަކަށް ތަމްރީނުދިނުން.
12. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި މަޞްލަޙަތު ކުރިއެރުވުމަށާއި ބޭރު ޤައުމުތަކުގައި ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވުމަށް، ކަމަށް އެކަށޭނަ އޮނަރަރީ ކޮންސުލުން އައްޔަށްކުރުން.
13. ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލުން ބަލައިގަތުން.
14. ބޭރު ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ތަރައްޤީއަށް ލިބިދާނެ އެހީތެރިކަމަކީ ކޮބައިތޯ ބަލައި، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
15. ބައިނަލްއަޤްވާމީ، އިޤްތިޞާދީ އަދި ވިޔަފާރީގެ ނިޒާމަށް މުޅި ދުނިޔޭގެ ފެންވަރުގައާއި، ސަރަޙައްދީ ފެންވަރުގައި އަންނަމުންދާ ބަދަލުތައް ދިރާސާކޮށް، ޤައުމީ މަޞްލަޙަތު ކުރިއަރާނެ ގޮތަކަށް، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރެވޭނެ ގޮތްތައް ރޭވުން.
16. ތަރައްޤީގެ މަޝްރޫޢުތަކާބެހޭ ގޮތުން، ދިވެހި ސަރުކާރާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ސޮއި ކުރަންޖެހޭ އެއްބަސްވުންތަކަށް މަގުފަހިކޮށްދިނުން.
17. ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭރުގެ ޤައުމުތަކުން ލިބެންހުރި އެހީގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެފަދަ ފުރުޞަތުތަކަށް މަގުފަހިވާނެ ގޮތަށް ޚާރިޖީ ދާއިރާއިން ގުޅުންތައް ޤާއިމުކުރުން.
18. ދިވެހިރާއްޖެއަށް މުހިންމު ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ މެންބަރުކަން ހޯދުމަށް މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރުމާއި، އެފަދަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ މެންބަރުކަން ހޯދުން.
19. ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ޖަލްސާތަކުގައި ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ ސިޔާސަތު ހާމަކޮށްދީ، ރާއްޖޭގެ މަޞްލަޙަތަށް މަންފާލިބެނިވި ގޮތެއްގައި ރާއްޖޭގެ އަޑު އުފުލުމާއި، އަދި މިފަދަ ކަންކަމަށް އެހެން މުއައްސަސާތަކަށް މަގުފަހިކޮށްދިނުން.
20. ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ރެޒިޑެންޓް އަދި ނޮން-ރެޒިޑެންޓް މިޝަންތަކާއި އެފަދަ އޮފީސްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
21. ދިވެހިރާއްޖޭގެ ޢިއްޒަތްތެރިން ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ ރަސްމީ ދަތުރުފުޅުތަކާބެހޭ ކަންތައްތައް، އެކަންކަމަށް ހަމަޖެހިފައި އޮންނަ ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ރާވައި އިންތިޒާމުކުރުން.
22. ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ދަތުރުކުރުމަށް ޑިޕްލޮމެޓިކް ހުއްދަ ބޭނުންވާ ބޭރު ޤައުމުތަކުގެ އުޅަނދުތަކަށް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ހުއްދަ ހޯދައިދިނުން.
23. ބޭރު ޤައުމުތަކުން ދިވެހިންނަށް ފިޔަވަޅު އެޅުމުން، ބައިނަލްއަޤްވާމީ ކޮންސިއުލަރ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ދިވެހިންނަށް އެހީތެރިވެދިނުން.
24. ބޭރު ޤައުމެއްގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ގެއްލުމުން، ނުވަތަ މުއްދަތު ހަމަވުމުން، ނުވަތަ ހަލާކުވުމުން، ރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެފަދަ ދިވެހިންނަށް އެހީތެރިވެދިނުން.
25. ބޭރު ޤައުމެއްގައި ހާލުގައިޖެހޭ ދިވެހިންނަށް، ބައިނަލްއަޤްވާމީ ކޮންސިއުލަރ އުސޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާޢި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެހީތެރިވެދިނުން.
26. ބޭރު ޤައުމެއްގައި ދިވެއްސަކު މަރުވެއްޖެނަމަ، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. އަދި، ރާއްޖޭގައި ބިދޭސީއަކު މަރުވެއްޖެނަމަ، އެ ބިދޭސީއަކު ނިސްބަތްވާ ޤައުމަކަށް އެކަން އަންގައި، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެންކުރުން.
27. ދިވެހި ރައްޔިތުކަން ހޯދަން ބޭނުންވާ ފަރާތްތަކަށާއި، ދިވެހިރައްޔިތުކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް، ޤާނޫނުތަކާއި ގަވައިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަން ފަހިކޮށްދިނުން.
28. ރާއްޖެއިން ބިދޭސީންނަށް ދޫކުރާ ރަސްމީ ލިޔުންތަކާއި، ދިވެހިން ބޭރު ޤައުމުތަކަށް ހުށަހަޅަންޖެހޭ ރަސްމީ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކޮށްދިނުން.
29. ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި، މުޢާހަދާތަކާއި، ރާއްޖެއާއި އެކިއެކި ޤައުމުތަކާ ދެމެދު ކުރެވޭ އެގްރީމަންޓްތަކާބެހޭ ކަންތައްތައް ހިންގައި، ވިލަރެސްކޮށް، މިކަންކަމުގައި ރާއްޖެއަށް އެންމެ ފައިދާކުރާނެ ގޮތެއްގެމަތިން ޙަރަކާތްތެރިވުން.
30. ރާއްޖެއިން ބޭރުގައި ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ ކްރެޑެންޝަލްސްއާއި، ލެޓަރ އޮފް އެޕޮއިންޓްމަންޓް ފަދަ ޤާނޫނީ ލިޔުންތައް ތައްޔާރުކުރުން.
31. ރާއްޖެއިން ބޭރުގެ ޖަލުތަކުގައި ތިބި ނުވަތަ ރާއްޖޭގެ ޖަލުތަކުގައި ތިބި ކުށްވެރިން ބަދަލުކުރުމުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވައިދުތަކާއި އުޞޫލުތަކާއި އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކޮށް ހިންގުން.
32. ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ނުވަތަ އެހެން ޤައުމެއްގެ އެދުމުގެ މަތިން، ކަނޑައެޅިފައިވާ ޤާނޫނާއި ގަވައިދުތަކާއި އުޞޫލުތަކާއި އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެ މަތިން، އެކްސްޓްރަޑައިޓްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކޮށް ހިންގުން.
33. މިއުޗުއަލް ލީގަލް އެސިސްޓަންޓް އެގްރީމަންޓްތަކުގައި ސޮއިކޮށް، އެ އެއްބަސްވުމުގެދަށުން ކުރަންޖެހޭ މަސައްކަތްތައް، ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކޮށް، ހިންގުން.
34. ބަވަނަވަމުން އަންނަ ދުނިޔޭގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ދިރާސާތައްކުރުމާއި، މަޢުލޫމާތު އެއްކުރުން.
35. ރާއްޖެއަށް އަސަރުކުރާނެ ފަދަ ބައިނަލްއަޤްވާމީ ނިންމުންތަކާއި ހާދިސާތައް ދިރާސާކޮށް، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
36. ރާއްޖެއާއެކު ޚާރިޖީ ގުޅުން އޮންނަ ޤައުމުތަކުގެ ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީގެ އުސޫލުތައް ދިރާސާކޮށް، އެ ޤައުމުތަކާއެކު ކުރެވޭ ޚާރިޖީ މުޢާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ލަފާ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
37. އަސްކަރިއްޔާއިން ބޭނުންވެއްޖެ ހިނދެއްގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާރިޖީ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތަކުގެ ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތަކުގެ މަޢުލޫމާތު ޤައުމީ ސަލާމަތާބެހޭ އިދާރާތަކާ ހިއްސާކުރުން.
38. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، މި ދާއިރާއާ ގުޅުންހުރި އެހެން މުއައްސަސާތަކުގައި ޚިދުމަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
39. ބޭރު ޤައުމުތަކުގައި ފޮރިން ސަރވިސް ތަރައްޤީކުރުމަށް ޤާއިމުކޮށްފައި ހުންނަ އިންސްޓިޓިއުޝަންތަކާއެކު އެއްބަސްވުންތައް އެކުލަވައިލައި، ރާއްޖޭގައި ޤާއިމުކުރެވޭ މިފަދަ މުއައްސަސާތަކުން ދޭ ޚިދުމަތްތައް ފުޅާކުރުން.
40. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމަށާއި ޚާރިޖީ ދާއިރާ ތަރައްޤީކޮށް، ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކާ ގުޅުން ބަދަހިކުރުން.
41. ދިވެހިރާއްޖޭގައި ހިނގާ ކަންކަމާ ގުޅޭގޮތުން، ރާއްޖެއިން ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުން. އަދި، ރާއްޖޭން ބޭރުގައި ހިނގާ، ރާއްޖެއަށް އަސަރުކުރާނެފަދަ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުން.
42. ރާއްޖޭގެ ޚާރިޖީ ސިޔާސަތާމެދު ހޭލުންތެރިކަން އިތުރުކުރުން.
43. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުންނެވެ.
1. އ.ދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަން
2. އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
3. ޝްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
4. އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
o ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް
5. މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
6. ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް
7. ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
8. ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
9. ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
o ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް
10. ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
11. ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަން
12. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
13. ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
14. ވޮޝިންގްޓަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
15. ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
16. ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
17. ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
އ.ދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަނުގެ މަސައްކަތްތައް
1. ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) އާއި، ޔޫ.އެން. ގެ ޖަމާޢަތްތަކާއި، އަދި ދިވެހިރާއްޖެއިން ބައިވެރިވާ އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ނިއުޔޯކުގައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ، އެކަންކަމާބެހޭ ރިޕޯޓު، މިނިސްޓްރީއަށް ހުށަހެޅުން.
(ހ) ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ މަސައްކަތްތައް މޮނިޓަރކޮށް، މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތަކާ ބެހޭގޮތުން ރާއްޖޭގެ ސިޔާސަތު ގެންގުޅެންވީގޮތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތަށް އެ އެސެމްބްލީގައި ރާއްޖެ ތަމްސީލުކޮށް، އެސެމްބްލީން ނިންމާ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓުކުރުން.
(ށ) ސެކިއުރިޓީ ކައުންސިލުގައި ބަހުސް ކުރެވެމުންދާ މައްސަލަތައް ބަލައި އެ މައްސަލަތަކަށް އަންނަ ބަދަލުތަކާއި، ސެކިއުރިޓީ ކައުންސިލުން ފާސްކުރާ ފާސްކުރުންތަކާއި ނިންމާ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓުކުރުން.
(ނ) އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ޖަލްސާތަކުގައި ބަހުސްކުރާ ކަންތައްތަކާއި ނިންމާ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓުކުރުން.
(ރ) ވަކިފަރާތަކަށްނުޖެހޭ ޙަރަކާތާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސާއި، ކޮމަންވެލްތާއި، ރާއްޖެއިން ބައިވެރިވާ އެކިއެކި ޖަމާޢަތްތަކުން ނިއުޔޯކުގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ،
އެ ބައްދަލުވުންތަކުގައި ބަހުސްކުރެވޭ މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތަކުގައި ރާއްޖެއިން ގެންގުޅެންވީ ސިޔާސަތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖެ ތަމްސީލުކޮށް، އެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓު ކުރުން.
(ބ) އެޑްހޮކް ކޮމިޓީ އޮން ދި އިންޑިޔަން އޯޝަން ފަދަ ރާއްޖެއިން ބައިވެރިވެފައިވާ ކޮމިޓީތަކާއި، ޔުނައިޓެޑް ނޭޝަންސްގައި މުހިންމު މައްސަލަތަކާމެދު އުފެދިފައިވާ އޯޕަން އެންޑެޑް ވާރކިންގ ގްރޫޕުތަކާއި ކޮމިޓީތަކުގައި ހިނގަމުންދާ މައްސަލަތައް ބަލައި އެ މައްސަލަތަކުގައި ރާއްޖެއިން ގެންގުޅެންވީ ސިޔާސަތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން މިފަދަ ކޮމިޓީތަކުގައި ރާއްޖެ ތަމްސީލުކޮށް، އެ ކޮމިޓީތަކާއި ވަރކިންގ ގްރޫޕުތަކުން ނިންމާ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓު ކުރުން.
(ޅ) އޭޝިއަން ގްރޫޕުގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އެ ބައްދަލުވުންތަކުގައި ބަހުސްކުރެވޭ މައްސަލަތައް ދިރާސާކޮށް އެ މައްސަލަތަކުގައި ރާއްޖެއިން ގެންގުޅެންވީ ސިޔާސަތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން އެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކޮށް، އެ ގްރޫޕުތަކުގައި ނިންމޭ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓު ކުރުން.
(ކ) އެލައަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ފަދަ ރާއްޖެ ހިމެނޭ އިންފޯމަލް ގްރޫޕުތަކުގެ ބައްދަލުވުންތަކުގައި ބަހުސްކުރެވޭ މައްސަލަތައް ދިރާސާކޮށް އެ މައްސަލަތަކުގައި ރާއްޖެ ގެންގުޅެންވީ ސިޔާސަތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން އެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކޮށް، ގްރޫޕުތަކުގައި ނިންމޭ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓު ކުރުން.
(އ) ބުނެވިދިޔަ ޖަލްސާތަކުގެ އިތުރަށް، ނިއުޔޯކުގައި ބޭއްވޭ އެހެނިހެން ޖަލްސާތަކަށް ދަޢުވަތު ލިބުމުން މިނިސްޓްރީގެ ލަފާގެ މަތިން އެ ޖަލްސާތަކުގައި ބައިވެރިވެ، އެ ޖަލްސާތަކުގައި ބަހުސްކުރެވޭ މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތަކުގައި ރާއްޖެއިން ގެންގުޅެންވީ ސިޔާސަތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖެ ތަމްސީލުކޮށް، އެ ޖަލްސާތަކުގައި ނިންމޭ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓު ކުރުން.
2. ޔުނައިޓެޑް ނޭޝަންސުން ފާސްކުރާ ޤަރާރުތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާމެދު ޢަމަލުކުރަންވީ ގޮތުގެ ލަފަޔާއެކު އެފަދަ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ލަފާގެމަތިން ޢަމަލުކުރުން.
3. ޔުނައިޓެޑް ނޭޝަންސުން ފާސްކުރާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން، ރާއްޖެއިން ބައިވެރިވާން ފެންނަ މުޢާހަދާތަކާބެހޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.
4. ޔުނައިޓެޑް ނޭޝަންސަށް ރާއްޖެއިން ދައްކަންޖެހޭ އެކިއެކި ޗަންދާގެ މައްސަލަތައް މޮނިޓަރކޮށް އެކަންތަކުގައި މިނިސްޓްރީއަށް ލަފާދީ، އެ ކަންތައްތައް ބެލެހެއްޓުން.
5. ދިވެހިރާއްޖެއަށް އެހީވާ ބޭރުގެ ޤައުމުތަކާއި، ޖަމްޢިއްޔާތަކާއި، ޔުނައިޓެޑް ނޭޝަންސް ސިސްޓަމުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، އާންމުކޮށް ބޭރު ދުނިޔެއަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ހޯދައި، އެ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސަތަށް ކޮށްފާނެ އަސަރަކާއި، ގެންނަންޖެހިދާނެ ބަދަލުތަކެއް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، މިނިސްޓްރީއާ މަޝްވަރާ ކުރަމުން ގެންދިއުން.
6. ބައިނަލްއަޤްވާމީ މައްސަލަތަކުގައި ރާއްޖޭގެ ސިޔާސަތު އެހެން ޤައުމުތަކަށް ހާމަކޮށްދީ، ރާއްޖޭގެ ޤައުމީ ފައިދާއާއި މަޞްލަޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުން.
7. މިނިސްޓްރީން އަންގާ ލިޔުންތައް، ޔުނައިޓެޑް ނޭޝަންސުން ހޯދައި މިނިސްޓްރީއަށް ފޮނުވުމާއި، ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކާބެހޭ ލިޔުންތައް ލިޔުމުގައި މިނިސްޓްރީއަށް އެހީތެރިވުން.
8. އެކި ޤައުމުތަކާއެކު ސިޔާސީ ގުޅުން ޤާއިމުކުރުމުގައި ޙަރަކާތްތެރިވުމާއި، ރާއްޖެއަށް ކަނޑައެޅިފައިވާ މިޝަނެއް ނެތް ޤައުމުތަކާ ގުޅުމުގައި މިނިސްޓްރީއަށް އެހީތެރިވުން.
9. ޔުނައިޓެޑް ނޭޝަންސާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަގާމުތަކަށް ކެނޑިޑޭޓުން ހުށަހަޅައި، ރާއްޖޭގެ ތާއީދަށް އެދޭ ޤައުމުތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، ލަފަޔާއެކު މިނިސްޓްރީއަށް ހުށަހެޅުން.
10. ސަރުކާރުގެ އިސްބޭފުޅުން ޔުނައިޓެޑް ސްޓޭޓްސްއަށް ކުރައްވާ ދަތުރުފުޅުތަކުގައި، މިނިސްޓްރީން އެންގި މިންވަރަކަށް އެހީތެރިވެ ދިނުން.
11. ނިއުޔޯކުގައި ހުންނަ، ދިވެހި ސަރުކާރުގެ ނަމުގައި ކުއްޔަށް ހިފާފައިވާ އިމާރާތްތަކާއި، ދިވެހި ސަރުކާރުގެ މިލްކު ބެލެހެއްޓުން.
12. އެމެރިކާގެ ޓީވީއާއި ރޭޑިއޯއިން ފޮނުވާ އަދި ނޫސްތަކުގައި ޖަހާ، ރާއްޖެއާބެހޭ ޚަބަރުތަކާއި ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ކަންކަމާބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސް ރިލީޒް ނެރުންފަދަ ކަންތައްތައް ކުރުން.
13. ޔުނައިޓެޑް ނޭޝަންސް ސެކްރެޓޭރިއެޓުގެ އިސްފަރާތްތަކާއި، ނިއުޔޯކުގެ ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި، ޚަބަރުފަތުރާ ފަރާތްތަކާ ގުޅުން އުފައްދައި އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
14. ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ލިބޭ ދަޢުވަތުތައް ގަބޫލުކޮށް، އެފަދަ ޙަފުލާތަކުގައި ބައިވެރިވުން.
15. ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ޓޫރިޒަމާއި، މަސްވެރިކަންފަދަ އިޤްތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، އެމެރިކާގެ ރައްޔިތުންނަށް ދިނުން.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް
1. އިނގިރޭސިވިލާތުގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ހިންގަންޖެހޭ އެކިއެކި މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އެކުވެރިކަން އުފައްދަން މަސައްކަތް ކުރުން.
2. އިނގިރޭސި ސަރުކާރުގެ ފަރާތުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއެޓާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވަވާ ޖަލްސާ، ސެމިނަރ، ވަރކްޝޮޕް ފަދަ ކަންކަމުގައި މިނިސްޓްރީން އަންގަވައިފި ހިނދެއްގައި އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
3. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި އެންގެވިފަދައަކުން ކޮމަންވެލްތު ސެކްރެޓޭރިއެޓާ ގުޅައި، ކޮމަންވެލްތު ސެކްރެޓޭރިއެޓުން ސަރުކާރާ ގުޅާ ގުޅުމުގައި އެފަރާތުން އެދިއްޖެ ހިނދެއްގައި މެދުވެރިއެއްގެ ދައުރު އަދާކުރުން.
4. އިނގިރޭސިވިލާތުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި އެހެނިހެން ބޭނުމުގައި ތިބޭ ދިވެހިންނަށް އިނގިރޭސިވިލާތުގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް، އިނގިރޭސި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަމަށް ބޭނުންވާ ލިޔުން، ސަރުކާރުން އަންގަވާ ގޮތެއްގެމަތިން ދޫކުރުން.
5. އިނގިރޭސިވިލާތުގައި އުފަންވާ ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
6. އިނގިރޭސިވިލާތުގައި ހާލުގައި ޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުން.
7. އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނާއި، އިނގިރޭސިވިލާތުގައި ޓްރާންސިޓް ކުރައްވާ މިފަދަ ފަރާތްތަކަށް، މިނިސްޓްރީން އަންގަވައިފި ހިނދެއްގައި އެއަރޕޯޓުން އިސްތިޤްބާލުކޮށް، އެންގެވި މިންވަރަކަށް ޕްރޮޓޮކޯލާބެހޭ ކަންތައްތައް ހަމަޖެއްސުން.
8. ދިވެހި ސަރުކާރުގެ އޮފިޝަލުން، ރަސްމީ ކަންތައްތަކުގައި ބޭރުގެ އެކިއެކި ޤައުމުތަކަށް ވަޑައިގަތުމަށް ބޭނުންވާ ވީޒާގެ ކަންތައް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީ/ ހައިކޮމިޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
9. ސަރުކާރުގެ އެކިއެކި މިނިސްޓްރީ، ޑިޕާޓްމަންޓު ފަދަ ތަންތަނަށް އިނގިރޭސި ވިލާތުން ނުވަތަ ޔޫރަޕުން ހޯއްދަވަން ބޭނުންފުޅުވެގެން އެދިވަޑައިގަންނަވާ އެކިއެކި ތަކެތި ހޯދުމާއި، ފޮނުވުމުގެ ޚަރަދު ހަމަޖެއްސުމާއި، އެކަންކަމުގައި އެހީތެރިވެދިނުން.
10. ސަރުކާރުގެ އެކިއެކި ފަރާތްތަކުން ފޮނުއްވައިގެން އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ކުދިން އިނގިރޭސި ވިލާތުގައި ތިބުމާއި ކިޔެވުމާބެހޭ ކަންތައްތަކުގައި އެހީތެރިވެ ދިނުން.
11. އިނގިރޭސިވިލާތުގެ ޓީވީއާއި ރޭޑިއޯއިން ފޮނުވާ އަދި ނޫސްތަކުގައިޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ކަންކަމާބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސްރިލީޒް ނެރުންފަދަ ކަންތައްތައް ކުރުން.
12. އިނގިރޭސިވިލާތުގައިވާ ދިވެހި ސަރުކާރުގެ އިމާރާތްތަކާއި އެނޫންވެސް މިލްކުތައް ބެލެހެއްޓުމާއި، މަރާމާތުކުރުން.
13. އިނގިރޭސިވިލާތުގައި ދިވެހި ސަރުކާރުން ހައްދަވާ ތަންތަން އިމާރާތްކުރުމާބެހޭ ކަންތައްތައް ސަރުކާރުން އަންގަވައިފި ހިނދެއްގައި ކުރުން.
14. ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގައި ހިންގަވާ އެކިއެކި މަޝްރޫޢުތަކަށް ހިނގާ ޚަރަދުތަކުގެ ހިސާބުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ބެލެހެއްޓުން.
15. އިނިގިރޭސި ސަރުކާރުގެ ފަރާތްތަކުންނާއި، އެހެނިހެން ޑިޕްލޮމެޓިކް މިޝަންތަކުންނާއި، އެކިއެކި ޖަމާޢަތްތަކުން ދިވެހި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ފޮނުއްވާ ޚާއްޞަ ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި އަދި ސަރުކާރުގެ ފަރާތްތަކުން އިނގިރޭސި ސަރުކާރުގެ އެކިއެކި ފަރާތްތަކާއި، އެނޫން ފަރާތްތަކަށް ފޮނުއްވާ އެކިއެކި ލިޔުންތަކާއި ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
16. އިނގިރޭސި ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމެންޓުގެ މެންބަރުންނާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި ޚަބަރުފަތުރާ ފަރާތްތަކާ ގުޅުން އުފައްދައި އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
17. ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށްލިބޭ ދަޢުވަތުތައް ގަބޫލުކޮށް، އެފަދަ ޙަފުލާތަކުގައި ބައިވެރިވުން.
18. ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތަކާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ސިޔާސަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ފައިދާއަށާއި، މަޞްލަޙަތަށް އަސަރުކުރާނެކަމަށް ފެންނަ ކަންތައްތައް ބަލައި، އެ ކަންތައްތަކާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދައި، ދިވެހި ސަރުކާރަށް އަންގަމުން ގެންދިއުން.
19. ދިވެހިރާއްޖެއަށް އެހީވާ ބޭރުގެ ޤައުމުތަކާއި، ޔޫރަޕިއަން ޔޫނިއަންގެ ސިޔާސަތަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު، 17 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ދުރާލައި ހޯދުން.
20. ދިވެހިރާއްޖޭގެ އިޤްތިޞާދީ ވިޔަފާރީގެ މަސައްކަތްތަކާއި، ޓޫރިޒަމުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރާބެހޭގޮތުން އިނގިރޭސި ވިލާތުގެ މީހުންނަށާއި، ޔޫރަޕުގެ މީހުންނަށް މަޢުލޫމާތު ދިނުން.
ޝްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް
1. ޝްރީލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ހިންގަންޖެހޭ އެކިއެކި މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޝްރީލަންކާއާ ދެމެދު އެކުވެރިކަން އުފައްދަން މަސައްކަތް ކުރުން.
2. ޝްރީލަންކާ ސަރުކާރުގެ ފަރާތުންނާއި އަދި އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ، ވަރކްޝޮޕްފަދަ ކަންކަމުގައި މިނިސްޓްރީން އަންގައިފި ހިނދެއްގައި، އެންގިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
3. ޝްރީލަންކާގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި، އެނޫން އެހެނިހެން ބޭނުމުގައި ތިބޭ ދިވެހިންނަށް ޝްރީލަންކާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް، ޝްރީލަންކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަމަށް ބޭނުންވާ ލިޔުން ދޫކުރުން.
4. ޝްރީލަންކާގައި އުފަންވާ ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
5. ޝްރީލަންކާގައި ހާލުގައި ޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުން.
6. ޝްރީލަންކާއަށް ވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނާއި، ޝްރީލަންކާގައި ޓްރާންސިޓް ކުރައްވާ މިފަދަ ފަރާތްތަކާ މިނިސްޓްރީން އަންގައިފި ހިނދެއްގައި އެއަރޕޯޓުން އިސްތިޤްބާލުކޮށް، އެންގި މިންވަރަކަށް ޕްރޮޓްކޯލާބެހޭ ކަންތައްތައް ހަމަޖެއްސުން.
7. ދިވެހި ސަރުކާރުގެ އޮފިޝަލުން ރަސްމީ ކަންތައްތަކުގައި ބޭރުގެ އެކިއެކި ޤައުމުތަކަށް ވަޑައިގަތުމަށް ބޭނުންވާ ވީޒާގެ ކަންތައް، ޝްރީލަންކާގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީ/ހައިކޮމިޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
8. ސަރުކާރުގެ އެކިއެކި މިނިސްޓްރީ، ޑިޕާޓްމަންޓު ފަދަ ތަންތަނަށް ޝްރީލަންކާއިން ހޯއްދަވަން ބޭނުންފުޅުވެގެން އެދިވަޑައިގަންނަވާ އެކިއެކި ތަކެތި ހޯދުމާއި، ފޮނުވުމުގެ ޚަރަދު ހަމަޖެއްސުމާއި، އެކަންކަމުގައި އެހީތެރިވެދިނުން.
9. ސަރުކާރުގެ އެކިއެކި ފަރާތްތަކުން ފޮނުއްވައިގެން ޝްރީލަންކާގައި ކިޔަވަމުންގެންދާ ދިވެހި ކުދިން ޝްރީލަންކާގައި ތިބުމާއި، ކިޔެވުމާބެހޭ ކަންތައްތަކުގައި އެހީތެރިވެދިނުން.
10. ސަރުކާރުން ބޭހަށް ފޮނުއްވާ އެކިއެކި ފަރާތްތަކަށް، ހަމަޖައްސަވާ އުސޫލެއްގެ މަތިން ބޭސްކުރުމުގައި އެހީތެރިވެ ދިނުން.
11. ޝްރީލަންކާގެ ޓީވީއާއި، ރޭޑިއޯއިން ފޮނުވާ އަދި ނޫސްތަކުގައި ޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ކަންކަމާބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސް ރިލީޒް ނެރުންފަދަ ކަންތައްތައް ކުރުން.
12. ސަރުކާރުގެ އެކިއެކި ފަރާތްތަކުގެ ވަޒީފާއަށް ބޭނުންފުޅުވާ ޝްރީލަންކާ މީހުން ހޯދުމުގައި ސަރުކާރުން ކަނޑައަޅުއްވާ ރޯލެއް އަދާކުރުން.
13. ޝްރީލަންކާގައިވާ ދިވެހި ސަރުކާރުގެ އިމާރާތްތަކާއި އެނޫންވެސް މިލްކުތައް ބެލެހެއްޓުމާއި، މަރާމާތު ކުރުން.
14. ޝްރީލަންކާގައި ދިވެހި ސަރުކާރުން ހައްދަވާ ތަންތަން އިމާރާތްކުރުމާބެހޭ ކަންތައްތައް، ސަރުކާރުން އަންގަވައިފި ހިނދެއްގައި ކުރުން.
15. ސަރުކާރުގެ އެކިއެކި ފަރާތްތަކުން ބޭހަށް ފޮނުއްވާ މީހުންގެ ހިސާބުތަކާއި، ސަރުކާރުން ޝްރީލަންކާގައި ހިންގަވާ އެކިއެކި މަޝްރޫޢުތަކަށް ހިނގާ ޚަރަދުތަކުގެ ހިސާބުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ބެލެހެއްޓުން.
16. ޝްރީލަންކާ ސަރުކާރުގެ ފަރާތްތަކުންނާއި، އެހެނިހެން މިޝަންތަކުންނާއި، އެކިއެކި ޖަމާޢަތްތަކުން ދިވެހި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ފޮނުއްވާ ޚާއްޞަ ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ސަރުކާރުގެ ފަރާތްތަކުން ޝްރީލަންކާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި، އެނޫން ފަރާތްތަކަށް ފޮނުއްވާ އެކިއެކި ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
17. ޝްރީލަންކާ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމެންޓުގެ މެންބަރުންނާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި، ޚަބަރުފަތުރާ ފަރާތްތަކާ ގުޅުން އުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް ރާއްޖެއަށް ފައިދާވާނެގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
18. ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތަކާ ބެހޭގޮތުން ޝްރީލަންކާގެ ސިޔާސަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ފައިދާއަށާއި، މަޞްލަޙަތަށް އަސަރުކުރާނެކަމަށް ފެންނަ ކަންތައްތައް ބަލައި، އެ ކަންތައްތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދައި، ދިވެހި ސަރުކާރަށް އަންގަމުން ގެންދިއުން.
19. ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ލިބޭ ދަޢުވަތުތައް ގަބޫލުކޮށް، އެފަދަ ޙަފުލާތަކުގައި ބައިވެރިވުން.
20. ސަރުކާރުގެ ވަޒީފާ އަދާކުރި ޝްރީލަންކާ ރައްޔިތުންގެ ތެރެއިން ޕެންޝަން ލިބިފައިވާ މީހުންނާ ޙަވާލުކުރަންޖެހޭ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސްއިން އަންގަވާ ގޮތެއްގެމަތިން އެ ފަރާތްތަކާ ޙަވާލުކުރުމާއި، މިކަމާބެހޭ ހިސާބުތައް ބެލެހެއްޓުން.
21. ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ޓޫރިޒަމާއި، މަސްވެރިކަންފަދަ އިޤްތިޞާދާއި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ޝްރީލަންކާގެ ރައްޔިތުންނަށް ދިނުން.
އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ހިންގަންޖެހޭ އެކިއެކި މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި އިންޑިޔާއާ ދެމެދު އެކުވެރިކަން ދަމަހައްޓައި، އެކަން ބަދަހިކުރުމަށް މަސައްކަތްކުރުން.
2. އިންޑިޔާ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، ޚަބަރުފަތުރާ ފަރާތްތަކާއި އިންޑިޔާގައި ޙަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
3. ސިޔާސީ އަދި އިޤްތިޞާދީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ފައިދާއަށާއި މަޞްލަޙަތަށް އަސަރުކުރާނެކަމަށް ފެންނަ ކަންތައްތައް ބަލައި، އެކަންތައްތަކާބެހޭ މަޢުލޫމާތު ދިވެހި ސަރުކާރަށް އަންގަމުން ގެންދިއުން.
4. އިންޑިޔާގެ ޓީވީއާއި ރޭޑިޔޯއިން ފޮނުވާ އަދި ނޫސްތަކުގައި ޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ޚަބަރުތަކާ ގުޅިގެން ސަރުކާރުން އަންގަވާ ގޮތަކަށް ކަންތައް ކުރުން.
5. ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ޓޫރިޒަމާއި، މަސްވެރިކަންފަދަ އިޤްތިޞާދީ އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު އިންޑިޔާގެ ރައްޔިތުންނަށް ލިބޭނޭގޮތް މެދުވެރިކޮށް އެ ކަންކަން ކުރިއަރުވައި، ރާއްޖޭގެ ވިޔަފާރިއާއި ޞިނާޢަތާއި ތަރައްޤީއަށް މަގުފަހިވާނެ މަސައްކަތްތައް ކުރުން.
6. އިންޑިޔާގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ހައިކޮމިޝަނަށް ލިބޭ ދަޢުވަތު ގަބޫލުކޮށް އެފަދަ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
7. ރާއްޖޭގެ ޤައުމީ ދުވަސް ފަދަ މުހިންމު ދުވަސްތައް ފާހަގަކުރުން.
8. އިންޑިޔާ ސަރުކާރުގެ ފަރާތުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ، ވަރކްޝޮޕްފަދަ ކަންކަމުގައި ބައިވެރިވެ، ސަރުކާރުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
9. ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ މަޝްރޫޢުތައް ވިލަރެސްކުރުން.
10. މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
11. ހައިކޮމިޝަނުގެ މަސައްކަތަށް އެހީލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތުހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
12. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އެމްބަސީގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
13. ސަރުކާރުގެ ފަރާތްތަކުން އިންޑިޔާ ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި ރައްދުކުރުން.
14. އިންޑިޔާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ސަރުކާރުން ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
15. އިންޑިޔާއަށް ވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނާއި، އިންޑިޔާގައި ޓްރާންސިޓްކުރައްވާ މިފަދަ ފަރާތްތަކާ އެއަރޕޯޓުން އިސްތިޤްބާލުކޮށް، ކަނޑައެޅިފައިވާ އުސޫލެއްގެމަތިން ޕްރޮޓޮކޯލާގުޅޭ ކަންތައްތައް ހަމަޖެއްސުން.
16. ސަރުކާރުން ބޭހަށް ފޮނުއްވާ އެކިއެކި ފަރާތްތަކަށް، ހަމަޖައްސަވާ އުސޫލެއްގެމަތިން ބޭސްކުރުމުގައި އެހީތެރިވެ ދިނުން.
17. އިންޑިޔާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
18. ހާލުގައިޖެހިގެން އެކިއެކި އެހީއަށްއެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
19. ދިވެހި ސަރުކާރުގެ އޮފިޝަލުން، ރަސްމީ ކަންތައްތަކުގައި ބޭރުގެ ޤައުމުތަކަށް ވަޑައިގަތުމަށް ބޭނުންވާ ވީޒާގެ ކަންތައް، އިންޑިޔާގައި ހުންނަ އެ ޤައުމެއްގެ އެމްބަސީ/ހައިކޮމިޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
20. ދިވެހި ސަރުކާރުން ނިންމަވާ ގޮތެއްގެމަތިން އިންޑިޔާގެ އެކިއެކި ހިސާބުގައި ކޮންސިއުލޭޓުތައް ޤާއިމުކޮށް، އެ ކޮންސިއުލޭޓުތައް ހިންގުން.
21. ސަރުކާރުން އަންގަވައިފި ހިނދެއްގައި، އިންޑިޔާގެ އިމިގްރޭޝަނާ ގުޅައިގެން އިންޑިޔާއަށް އެތެރެވާ އަދި ބޭރުވާ ދިވެހިންނާބެހޭ މަޢުލޫމާތު ބެލެހެއްޓުން.
22. އިންޑިޔާގައި ކިޔަވަން ތިބޭ ދިވެހި ކިޔަވާ ކުދިންނާއި، އެނޫން ބޭނުންތަކުގައި އިންޑިޔާގައި ތިބުމަށް ބޭނުންވާ ދިވެހިންނަށް އިންޑިޔާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމުގައި އެހީތެރިވެދިނުން.
23. އިންޑިޔާ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން އިންޑިޔާގައި ކިޔަވާ ކުދިންނާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
24. ބޫޓާނާއި ނޭޕާލާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަހަންމިއްޔަތު ދީގެން ކުރަންޖެހޭ ކަންތައް ފާހަގަކޮށް، އެ މަސައްކަތްތައް ރާވާއި ހިންގުން.
25. ސަލާމަތީ އަދި ދިފާއީ ދާއިރާއިން ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޑިފެންސް އެޓާޝޭ ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
26. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ މަސައްކަތްތައް
1. ތިރުވަނަންތަޕޫރަމުގައި ދިރިއުޅެމުންގެންދާ ދިވެހިންނަށާއި، ދިވެހި ކިޔަވާކުދިންނަށާއި، އެހެން ބޭނުންތަކުގައި ތިރުވަނަންތަޕޫރަމަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިވެދިނުމުގެ ގޮތުން އެފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާގުޅިގެން މަސައްކަތްކޮށް ދިނުން. އަދި، އެގޮތުން ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ދިނުން.
2. 1 ވަނަ ނަންބަރުގައި ބުނެފައިވާ ކަންތައްތަކާ ބެހޭގޮތުން އިންޑިޔާގެ ސެންޓްރަލް ގަވަރންމަންޓާ ގުޅަންޖެހޭނަމަ، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް އެކަން ކުރުން. އަދި، އެކަންކަމާބެހޭގޮތުން ކެރެލާ ސްޓޭޓް ގަވަރންމަންޓުގެ ފަރާތްތަކާއި، ނުވަތަ އެހެނިހެން ސްޓޭޓް ގަވަރންމަންޓެއްގެ ފަރާތްތަކާ ގުޅަންޖެހިއްޖެ ހިނދެއްގައި ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ލަފަޔާއި އިރުޝާދުގެ މަތިން އެކަމެއް ކުރުން.
3. ތިރުވަނަންތަޕޫރަމުގައި ހިންގާ އެކިއެކި މަދަނީ ހަމަނުޖެހުންތަކުގައި ދިވެއްސެއްގެ ދައުރުވާނަމަ، ނުވަތަ ދިވެއްސަކަށް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ އެނޫންވެސްގޮތަކުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއްގައި ދިވެއްސަކު ޝާމިލުވެ، ޝަރުޢީ އެއްވެސް އިދާރާއަކަށް އެ މީހަކު ހާޒިރުކޮށްފިނަމަ އެ ކަމެއްގެ މަޢުލޫމާތު އަވަހަށް ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ދީ، ދިވެހި ސަރުކާރަށް އަންގައި، އެކަމެއް ޙައްލުކުރުމަށް ގަވާއިދުން ފިޔަވަޅު އެޅުން.
4. ތިރުވަނަންތަޕޫރަމުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި އެނޫން ބޭނުންތަކުގައި ތިބޭ ދިވެހިންނަށް އިންޑިޔާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް ކެރެލާގެ ސްޓޭޓް ގަވަރންމަންޓުގެ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކޮށްދިނުމާއި، އެކަމަށް ބޭނުންވާ ލިޔުން ދޫކުރުމާއި އޭގެ އިތުރުންވެސް އެފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމަށް އިސްކޮށް ޙަރަކާތްތެރިވުން.
5. އިންޑިޔާގެ ތިރުވަނަންތަޕޫރަމްގައި އުޅޭ ދިވެހިންނާއި، ދިވެހިންގެ އެކިއެކި ޖަމާޢަތްތަކާއި ދިވެހިރާއްޖެއާއި، ދިވެހި ސަރުކާރާ ދެމެދު ގާތްގުޅުމެއް ދެމެހެއްޓުމަށް މަގުފަހިކޮށް، އެ މީހުންގެ ކިބައިގައި ދިވެހިވަންތަކަމާއި ޤައުމިއްޔަތު އަށަގެންނެވުމަށް މަސައްކަތްކޮށް، ރާއްޖޭގެ ޤައުމީ ފައިދާއާއި މަޞްލަޙަތަށް މަސައްކަތް ކުރުން. އަދި، ތިރުވަނަންތަޕޫރަމްގައި އުޅޭ ދިވެއްސެއްގެ ނުވަތަ ދިވެހިންގެ ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެކަމުގެ ގެއްލުން ރާއްޖޭގެ ޤައުމީ މަޞްލަޙަތަށާއި ސަލާމަތަށް ކުރާނެކަމަށް ފެނިއްޖެ ހިނދެއްގައި، އެކަމުގެ މަޢުލޫމާތު ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި، ދިވެހި ސަރުކާރަށް ފޯރުކޮށްދިނުން.
6. ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ފަތުރުވެރިކަމާއި، މަސްވެރިކަންފަދަ އިޤްތިޞާދާއި ތަރައްޤީއާގުޅޭ މަޝްރޫޢުތަކަށް ބޭނުންވާ މަޢުލޫމާތު އިންޑިޔާގެ ރައްޔިތުންނަށާއި، ތިރުވަނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ވިޔަފާރީގެ ތަރައްޤީއަށް މަގުފަހިކުރުން.
7. ސްޓޭޓް ގަވަރންމަންޓުގެ އިސްފަރާތްތަކާއި، ސްޓޭޓްގައި ތިއްބަވާ އިންޑިޔާ ސަރުކާރުގެ އިސްފަރާތްތަކާއި، ޚަބަރުފަތުރާ ފަރާތްތަކާ ގާތްގުޅުމެއް ބާއްވައި، އެ ގުޅުމަކީ ރާއްޖެއަށް ފައިދާކުރަނިވި ގުޅުމެއްގެ ގޮތުގައި ބައްޓަން ކުރުމަށް މަސައްކަތް ކުރުން.
8. ތިރުވަނަންތަޕޫރަމުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ކޮންސިއުލޭޓުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ސްޓޭޓް ގަވަރންމަންޓުންނާއި އެކިއެކި އެން.ޖީ.އޯ ތަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ކޮންސިއުލޭޓަށް ދޭ ދަޢުވަތުތައް ޤަބޫލުކޮށް އެފަދަ ޙަފުލާތަކުގައި ރާއްޖެ ތަމްސީލުކޮށް ރާއްޖޭގެ މަޞްލަޙަތު ކުރިއެރުވުމަށް އެފަދަ ޙަފުލާތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން.
9. ތިރުވަނަންތަޕޫރަމް ނުވަތަ ކެރެލާ ސްޓޭޓް ސަރަޙައްދުގެ އިޤްތިޞާދީ ނުވަތަ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރު ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި، ޤައުމީ ފައިދާއަށް ކޮށްފާނެ ކަންތައްތައް ދެނެގަނެ އެކަމާބެހޭ މަޢުލޫމާތު ދިވެހި ސަރުކާރަށް ފޯރުކޮށްދިނުން.
10. ރާއްޖޭގެ ޤައުމީ ދުވަސްފަދަ މުހިންމު ދުވަސްތައް ފާހަގަކުރުން.
11. އިންޑިޔާގެ ޓީ.ވީ އާއި ރޭޑިޔޯއިން ފޮނުވާ އަދި ނޫސްތަކުގައި ޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި މިނިސްޓްރީއަށް ފޮނުވާ އެފަދަ ޚަބަރުތަކާ ގުޅިގެން ސަރުކާރުން އަންގަވާ ގޮތެއްގެމަތިން ޢަމަލުކުރުން.
12. ތިރުވަނަންތަޕޫރަމްގައި ހުންނަ ސަރުކާރުގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައްދުކުރުމަށް ދިވެހި ސަރުކާރުންނާއި ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ފޮނުވާ ލިޔުންތަކާއި ތަކެތި ރައްދުކޮށްދިނުން.
13. ތިރުވަނަންތަޕޫރަމް މަގުން އިންޑިޔާއަށް ވަޑައިގަންނަވާ ރާއްޖޭގެ އެކިއެކި ޢިއްޒަތްތެރިންނަށް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ޕްރޮޓޮކޯލްގެ ކަންތައްތައް ހަމަޖެއްސުން.
14. ތިރުވަނަންތަޕޫރަމްގައި އުފަންވާ ދިވެހި ކުދިންނަށް ބޭނުންވެއްޖެ ހިނދެއްގައި ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
15. ސަރުކާރުން އަންގަވައިފި ހިނދެއްގައި ތިރުވަނަންތަޕޫރަމަށް އެތެރެވާ އަދި ބޭރުވާ ދިވެހިންނާބެހޭ މަޢުލޫމާތު ހޯދުން.
16. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނުވަތަ ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންގަވާ ކަންތައްތައް ކުރުން.
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެކުވެރިކަން ދަމަހައްޓައި، އެކަން ބަދަހި ކުރުމަށް މަސައްކަތް ކުރުން.
2. މެލޭޝިއާ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓުގެ މެންބަރުންނާއި، ޚަބަރުފަތުރާ ފަރާތްތަކާއި، މެލޭޝިއާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
3. މެލޭޝިއާގައި ހިންގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި، ދިވެހިރާއްޖެއަށް މުހިންމުވާނެ ކަމަށް ހައިކޮމިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
4. މެލޭޝިއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް މެލޭޝިއާގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް މެލޭޝިއާގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
5. މެލޭޝިއާގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
6. ރާއްޖޭގެ މިނިވަން ދުވަސް މެލޭޝިއާގައި ފާހަގަކުރުން.
7. މެލޭޝިއާ ސަރުކާރުންނާއި އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލްކުރުން.
8. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން މެލޭޝިއާ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތައް ވިލަރެސްކުރުން.
9. މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
10. ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
11. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އެމްބަސީގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
12. ސަރުކާރުގެ ފަރާތްތަކުން މެލޭޝިއާ ސަރުކާރަށާއި، މެލޭޝިއާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
13. ރަސްމީ ދަތުރުފުޅުތަކުގައި މެލޭޝިއާއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށްދިނުން.
14. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، މެލޭޝިއާއަށް އެތެރެވިތޯ ނުވަތަ ނޫންތޯ މެލޭޝިއާގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ހޯދުމަށް މަސައްކަތްކުރުން.
15. މެލޭޝިއާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
16. ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
17. މެލޭޝިއާ ސަރުކާރުގެ އެކިއެކި ޕްރޮގްރާމްގެ ދަށުން މެލޭޝިއާގައި ކިޔަވާ ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
18. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ މަސައްކަތްތައް
1. ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކުންނާއި، ބައިނަލްއަޤްވާމީ އިދާރާތަކުން ރާވައި އިންތިޒާމްކުރާ ޖަލްސާތަކަށް، ރާއްޖެއިން ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި، ކުރަންޖެހޭ ހުރިހާ ކަމެއްކުރުމާއި، އެފަދަ ޖަލްސާތަކުގައި ގަވާއިދުން ބައިވެރިވުން. މީގެ އިތުރުން، މި ޖަލްސާތަކުގައި ބަހުސްކުރެވޭ ކަންތައްތަކާއި، ހުށަހެޅޭ ހުށަހެޅުންތަކާއި، ނިންމާކަންތައްތައް ދިރާސާކޮށް، ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންތައްތަކަށް ޢަމަލުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން. އަދި، ބައިވެރިވާ ޖަލްސާތައް ނިމުމުން ޖަލްސާއާބެހޭ ރިޕޯޓެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ގަވާއިދުން ފޮނުވުން.
2. ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކާއި، އެކިއެކި ޤައުމުތަކުގެ މިޝަންތަކާއި، ނޮން – ގަވަރމަންޓަލް އޯގަނައިޒޭޝަން (އެން.ޖީ.އޯ) ފަދަ އަމިއްލަ ޖަމްޢިއްޔާތަކާއި، ޚަބަރުފަތުރާ ފަރާތްތަކާ ގުޅިގެން، ރާއްޖޭގެ މަޞްލަޙަތަށް ފައިދާވާނެ ގޮތެއްގެމަތިން އެކަށީގެންވާ "ޕްރޮއެކްޓިވް" ރޯލެއް އަދާކުރުން.
3. ދިވެހިރާއްޖެއާބެހޭގޮތުން ޖެނީވާގެ ނޫސްތަކާއި، މަޖައްލާތަކުގައި ޝާއިޢުކުރާ އެކިއެކި ލިޔުންތައް ބަލައި، އެލިޔުންތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ނުވަތަ ކަމާބެހޭ ސަރުކާރުގެ އޮފީސްތަކަށް ފޮނުވައި، މިފަދަ ލިޔުންތަކުގައި ހުންނަ ޞައްޙަނޫން މަޢުލޫމާތަކީ ކޮބައިކަން އެފަދަ ނޫސްތަކާއި މަޖައްލާތަކުގެ ކަމާބެހޭ ފަރާތްތަކަށް އޮޅުން ފިލުވައިދެމުން ގެންދިއުން. އަދި، އެފަދަ ނޫސްތަކާއި މަޖައްލާތަކުގައި ހުންނަ ޞައްޙަނޫން މަޢުލޫމާތު އޮޅުންފިލުވައި ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުއްވާ ޕްރެސް ރިލީޒް، ޚަބަރުފަތުރާ ވަސީލަތްތަކަށް ފޮނުވުން.
4. ޖެނީވާގައި ހުންނަ އ.ދ.ގެ އިދާރާތަކުންނާއި، އެކިއެކި ޤައުމުތަކުގެ މިޝަންތަކުގެ ފަރާތުން ރާވައިގެން ބާއްވާ ޖަލްސާ، ރިސެޕްޝަނާއި ފަރިއްކޮޅުފަދަ އިޖްތިމާޢީ ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ފޮނުވުން.
5. ޖެނީވާގައި ތިބޭ ދިވެހި ކިޔަވާކުދިންނާއި، އެނޫން ދިވެހި ރައްޔިތަކު ނުވަތަ ބަޔަކު ރަސްމީގޮތުން މިޝަން މެދުވެރިކޮށް ކަމެއް ކުރަން އެދިއްޖެނަމަ، އެކަމެއް ވީއެންމެ ރަނގަޅަކަށް ކޮށްދިނުން.
ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޖަޕާނާ ދެމެދު އެކުވެރިކަން ދަމަހައްޓައި، އެކަން ބަދަހިކުރުމަށް މަސައްކަތް ކުރުން.
2. ޖަޕާން ސަރުކާރުގެ އިސް ފަރާތްތަކާއި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ޚަބަރުފަތުރާ ފަރާތްތަކާއި، ޖަޕާނުގައި ޙަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
3. ޖަޕާނުގައި ހިނގާ ސިޔާސީ، އިޤްތިޞާދީ މުހިންމު ކަންކަމާއި، ދިވެހިރާއްޖެއަށް މުހިންމުވާނެ ކަމަށް އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވަމުން ގެންދިއުން.
4. ޖަޕާނުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޖަޕާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދީ އިންވެސްޓަރުންނަށް ޖަޕާނުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
5. ޖަޕާނުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
6. ރާއްޖޭގެ މިނިވަންދުވަސް ޖަޕާނުގައި ފާހަގަކުރުން.
7. ޖަޕާން ސަރުކާރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
8. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޖަޕާން ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީ ހޯދުމުގެ މަސައްކަތް ވިލަރެސް ކުރުން.
9. މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
10. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
11. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އެމްބަސީގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
12. ސަރުކާރުގެ ފަރާތްތަކުން ޖަޕާން ސަރުކާރަށާއި، ޖަޕާނުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
13. ރަސްމީ ހައިސިއްޔަތުން ޖަޕާނަށް ވަޑައިގަންނަވާ ދިވެހި ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން.
14. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ޖަޕާނަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޖަޕާނުގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބަލައި، އެފަދަ މީހުން ހޯދުމަށް މަސައްކަތް ކުރުން.
15. ޖަޕާނުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
16. ޖަޕާނުގައި، ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
17. ޖަޕާން ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ޖަޕާނުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށާއި، ޖަޕާނުގައި އުޅޭ އެނޫން ދިވެހިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
18. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ސިންގަޕޫރާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތް ކުރުން.
2. ސިންގަޕޫރު ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ސިންގަޕޫރުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުންތައް ދެމެހެއްޓުން.
3. ސިންގަޕޫރުގައި ހިނގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
4. ސިންގަޕޫރުގައި ހުންނަ ބައިނަލްއަޤްވާމީ ނުވަތަ ސަރަޙައްދީ ޖަމްޢިއްޔާތަކުގެ އޮފީސްތަކާއި، ތިންކްޓޭންކްތަކާ ގުޅުން އުފައްދައި، އެ ޖަމާޢަތްތަކުން ރާއްޖެއަށް ލިބެންހުރި ފުރުޞަތުތައް ހޯދުމާއި، އެފަރާތްތަކުން ލިބެންހުރި އެހީތައް ހޯދުން.
5. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ސިންގަޕޫރުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ސިންގަޕޫރުގައި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށް ދިނުން.
6. ސިންގަޕޫރުގައި، ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
7. ރާއްޖޭގެ މިނިވަންދުވަސް ސިންގަޕޫރުގައި ފާހަގަކުރުން.
8. ސިންގަޕޫރު ސަރުކާރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ސިންގަޕޫރު ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
10. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
11. ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
12. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އެމްބަސީގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
13. ސަރުކާރުގެ ފަރާތްތަކުން ސިންގަޕޫރު ސަރުކާރަށާއި، ސިންގަޕޫރުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
14. ރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓްކޯލްގެ ޚިދުމަތް ފޯރުކޮށް ދިނުން.
15. ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ސިންގަޕޫރަށް އެތެރެވިތޯ ނުވަތަ ނޫންތޯ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
16. ސިންގަޕޫރުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
17. ސިންގަޕޫރުގައި، ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
18. ސިންގަޕޫރު ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ސިންގަޕޫރުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
19. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި ސަޢޫދީ ޢަރަބިއްޔާ ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތްކުރުން.
2. ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ސަޢޫދީ ޢަރަބިއްޔާގައި ޙަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
3. ސަޢޫދީ ޢަރަބިއްޔާގައި ހިނގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓް ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
4. އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ)އާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ސެކްރެޓޭރިއެޓާ ގުޅުން ބަދަހިކޮށް އެ ޖަމާޢަތްތަކުން ރާއްޖެއަށް ލިބޭ އެހީތައް އިތުރުކުރުމަށް މަސައްކަތްކުރުން.
5. ރާއްޖޭން ޙައްޖަށްދާ މީހުންގެ ކަންތައްތައް ބެލުމާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަޢޫދީ ޢަރަބިއްޔާ ސަރުކާރާ ގުޅައިގެން މަސައްކަތް ކުރުން.
6. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ސަޢޫދީ ޢަރަބިއްޔާގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ސަޢޫދީ ޢަރަބިއްޔާގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ސަޢޫދީ ޢަރަބިއްޔާގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގު ފަހިކޮށްދިނުން.
7. ސަޢޫދީ ޢަރަބިއްޔާގައި، ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތްތަކުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުން ކުރުން.
8. ރާއްޖޭގެ މިނިވަންދުވަސް ސަޢޫދީ ޢަރަބިއްޔާގައި ފާހަގަކުރުން.
9. ސަޢޫދީ ޢަރަބިއްޔާ ސަރުކާރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވި ފަދައަކުން ރާއްޖެ ތަމްސީލުކުރުން.
10. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ސަޢޫދީ ޢަރަބިއްޔާ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސް ކުރުން.
11. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
12. ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
13. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަށް ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
14. ސަރުކާރުގެ ފަރާތްތަކުން ސަޢޫދީ ޢަރަބިއްޔާ ސަރުކާރަށާއި، ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
15. ރަސްމީ ދަތުރުފުޅުތަކުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށް ދިނުން.
16. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވިތޯ ނުވަތަ ނޫންތޯ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
17. ސަޢޫދީ ޢަރަބިއްޔާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
18. ސަޢޫދީ ޢަރަބިއްޔާގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
19. ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ސަޢޫދީ ޢަރަބިއްޔާގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
20. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ މަސައްކަތްތައް
1. ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ދިވެހިންނަށް ދިމާވާ ކޮންސިއުލަރ މައްސަލަތަކުގައި އެހީތެރިވެދިނުން.
2. ސަރުކާރުން ފޮނުއްވައިގެން ޙައްޖަށް ވަޑައިގަންނަވާ ދިވެހި ވަފްދުތަކުން (ޙައްޖު މިޝަންތަކުން) ބޭނުންވާ ޚިދުމަތްތައް ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަޝްވަރާގެ މަތިން ކުރުން.
3. ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި، ޖިއްދާގައި ދިރިއުޅޭ ދިވެހިންނާއި، ޖިއްދާއަށް ޒިޔާރަތްކުރާ ދިވެހިންގެ މަޢުލޫމާތު ހޯދައި، އެ މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީ، ކޮންސިއުލަރ ޚިދުމަތްތައް ދިނުން. މިގޮތުން:
3.1 ޖިއްދާގެ ކަމާބެހޭ ފަރާތްތަކުން ދިވެހިންނަށް ފިޔަވަޅު އެޅުމުން، ބައިނަލްއަޤްވާމީ ކޮންސިއުލަރ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ދިވެހިންނަށް އެހީތެރިވެދިނުން.
3.2 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ގެއްލުމުން، ނުވަތަ އެ ތަކެތީގެ މުއްދަތު ހަމަވުމުން، ނުވަތަ އެ ތަކެތި ހަލާކުވުމުން، މިކަން ކުރިމަތިވާ ދިވެހިންނަށް، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެހީތެރިވެދިނުން.
3.3 ޖިއްދާއަށް އުފަންވާ ދިވެހިކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ޑޮކިއުމަންޓް، ކަމާބެހޭ އިދާރާއާ ގުޅިގެން ދޫކުރުމާއި، ސަޢޫދީ ޢަރަބިއްޔާއިން ބޭރުވުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިވެދިނުން.
3.4 ޖިއްދާގައި ހާލުގައިޖެހޭ ދިވެހިންނަށް، ބައިނަލްއަޤްވާމީ ކޮންސިއުލަރ އުސޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެހީތެރިވެދިނުން.
3.5 ޖިއްދާގައި ދިވެއްސަކު މަރުވެއްޖެ ނަމަ، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
3.6 ދިވެހި ރައްޔިތުކަން ހޯދަން ބޭނުންވާ ފަރާތްތަކަށާއި، ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް، ޤާނޫނާތަކާއި ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ފަހިކޮށްދިނުން.
4. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން ބާއްވާ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ މިނިސްޓްރީއާއި ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރުން.
5. ޖިއްދާގައި ހިންގާ އެކިއެކި މަދަނީ ހަމަނުޖެހުންތަކުގައި ދިވެއްސެއްގެ ދައުރެއް އޮތް ނަމަ، ނުވަތަ މިފަދަ ހަމަނުޖެހުންތަކުގެ ތެރެއިން ދިވެއްސަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، ނުވަތަ އެނޫންވެސް ގޮތަކުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއްގައި ދިވެއްސަކު ޝާމިލުވެ، ޝަރުޢީ އެއްވެސް އިދާރާއަކަށް އެ މީހަކު ހާޒިރުކޮށްފި ނަމަ، އެ ކަމެއްގެ މަޢުލޫމާތު ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އަވަހަށް އަންގައި، މިނިސްޓްރީއާ ހިއްސާކޮށް، މިނިސްޓްރީގެ ލަފާގެމަތިން އެ ކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން.
6. ޖިއްދާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި، އެނޫން ބޭނުންތަކުގައި ޖިއްދާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ވީޒާ ހޯދުމަށް ސަޢޫދީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަމަށް ބޭނުންވާ ލިޔުން ދޫކުރުމާއި، އެ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމަށް އިސްކޮށް ހަރަކާތްތެރިވުން.
7. ޖިއްދާގައި އުޅޭ ދިވެހިންނާއި، ދިވެހިންގެ އެކިއެކި ޖަމާޢަތްތަކާއި، ދިވެހިރާއްޖެއާއި ދިވެހި ސަރުކާރާ ދެމެދު ގާތް ގުޅުމެއް ދެމެހެއްޓުމަށް މަގުފަހިކޮށް، އެ މީހުންގެ ކިބައިގައި ދިވެހިވަންތަކަމާއި ޤައުމިއްޔަތު އަށަގެންނެވުމަށް މަސައްކަތްކޮށް، ރާއްޖޭގެ ޤައުމީ ފައިދާއާއި މަޞްލަޙަތަށް މަސައްކަތް ކުރުން.
8. ޖިއްދާގައި އުޅޭ ދިވެއްސަކު ނުވަތަ ދިވެހިންގެ ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެ ކަމުގެ ގެއްލުން ރާއްޖޭގެ ޤައުމީ މަޞްލަޙަތަށާއި ސަލާމަތަށް ކުރާނެކަމަށް ފެނިއްޖެ ހިނދެއްގައި، އެ ކަމުގެ މަޢުލޫމާތު ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށާއި، މިނިސްޓްރީއާ ހިއްސާކޮށް، މިނިސްޓްރީގެ ލަފާގެމަތިން އެ ކަންކަން ކުރިއަށް ގެންދިއުން.
9. ޖިއްދާގައި ބާއްވާ އެކިއެކި ޖަލްސާތަކަށް ދަޢުވަތު ލިބުމުން، މިނިސްޓްރީގެ ލަފާގެ މަތިން އެ ޖަލްސާތަކުގައި ބައިވެރިވެ، އެ ޖަލްސާތަކުގައި ބަހުސްކުރެވޭ މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތަކުގައި ރާއްޖެއިން ގެންގުޅެންވީ ސިޔާސަތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖެ ތަމްސީލުކޮށް، އެ ޖަލްސާތަކުގައި ނިންމޭ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓު ކުރުން.
10. ޖިއްދާގެ ޓީވީއާއި، ރޭޑިއޯއާއި، ނޫސްތަކާއި، މީސްމީޑިއާގައި ދައުރުވާ، ދިވެހިރާއްޖެއާ ގުޅުންހުރި ޚަބަރުތަކާއި، މަޢުލޫމާތާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، ރާއްޖެއާބެހޭ ލިޔުންތަކުގައި ހުންނަ ޞައްޙަނޫން މަޢުލޫމާތަކީ ކޮބައިކަން އެފަދަ ނޫސްތަކާއި މަޖައްލާތަކުގެ ކަމާބެހޭ ފަރާތްތަކަށް އޮޅުންފިލުވައިދެމުން ގެންދިޔުމާއި، އެފަދަ ކަންކަމާ ބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސް ރިލީޒުގެ މަޢުލޫމާތު ފޯރުކޮށްދީ، އެ ކަންކަމުގައި އެހީތެރިވެދިނުން.
11. ސަރުކާރު ނޫން އެހެން ފަރާތްތައް، ޚާއްޞަކޮށް ޢިލްމީ ޖަމްޢިއްޔާތަކާއި ޚަބަރު ފަތުރާ ފަރާތްތަކާއި އެނޫންވެސް ނުފޫޒު ގަދަ ފަރާތްތަކާއި ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުންއުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
12. ރާއްޖޭގެ އުފެއްދުންތަކަށް ޖިއްދާއިން މާކެޓް ހޯދުމާއި، ޖިއްދާއިން ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތަކާއި ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.
13. ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ޓޫރިޒަމާއި، މަސްވެރިކަމާއި، އިޤްތިޞާދީ އެހެން މަސައްކަތްތަކާއި އަދި ތަރައްޤީގެ މަސައްކަތްތަކާއި އިޖުތިމާޢީ ހަރަކާތްތަކުގެ މަޢުލޫމާތު ޖިއްދާގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
14. ޖިއްދާގައި ދިވެހިރާއްޖެ ތަމްސީލުކުރާ ކޮންސިއުލޭޓުގެ ހައިސިއްޔަތުން އިޖުތިމާޢީ އެކިއެކި ޙަފުލާތަކުގައި ބައިވެރިވުމަށް ސަރުކާރުންނާއި އެކިއެކި ނޮން ގަވަރންމަންޓަލް އޯގަނައިޒޭޝަންތަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލިބޭ ދަޢުވަތުތައް ޤަބޫލުކޮށް، އެ ޙަފުލާތަކުގައި ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތު ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
15. ރާއްޖޭގެ މަޞްލަޙަތު ކުރިއެރުވުމާ ގުޅޭގޮތުންނާއި، ކޮންސިއުލޭޓާ ހަވާލުވެފައިވާ އެހެނިހެން މަސައްކަތްތައް ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންގޮސް، ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް، މިނިސްޓްރީއަށް ފޮނުވުން.
16. ސަޢޫދީ ޢަރަބިއްޔާ، ޚާއްޞަކޮށް ޖިއްދާގެ އިޤްތިޞާދީ މަސްރަޙަށާއި ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި، ޤައުމީ ފައިދާއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަމާބެހޭ މަޢުލޫމާތު ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
17. ޖިއްދާއަށް އެތެރެވާ ދިވެހިންނާއި، ބޭރުވާ ދިވެހިންނާބެހޭ މަޢުލޫމާތު، ސަރުކާރުން އަންގަވައިފި ހިނދެއްގައި ހޯދައި، އެ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރުން.
18. ދައުލަތުގެ އިސްބޭފުޅުން ޖިއްދާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެހީތެރިވެ ދިނުން.
19. ސަރުކާރުން ފޮނުވާ ލިޔުންތައް އެކިއެކި ފަރާތްތަކަށް ރައްދުކުރުން.
20. ރާއްޖޭގެ މިނިވަންދުވަހާއި ޤައުމީ ދުވަސް ފަދަ ޚާއްޞަ ދުވަސްތަކާއި، މުހިންމު އެހެން ދުވަސްތައް ޖިއްދާގައި ފާހަގަކުރުން.
ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި ސީނުކަރައިގެ ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ސީނުކަރައާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތް ކުރުން.
2. ސީނުކަރައިގެ ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ސީނުކަރައިގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
3. ސީނުކަރައިގައި ހިނގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމުކަމަށް ސީނުކަރައިގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
4. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ސީނުކަރައިގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ރާއްޖޭގެ އިންވެސްޓަރުންނަށް ސީނުކަރައިގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ސީނުކަރައިގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
5. ސީނުކަރައިގައި، ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
6. ރާއްޖޭގެ މިނިވަންދުވަސް ސީނުކަރައިގައި ފާހަގަކުރުން.
7. ސީނުކަރައިގެ ސަރުކާރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
8. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ސީނުކަރައިގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
9. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތްކުރުން.
10. ސީނުކަރައިގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
11. ތާރީޚަށްޓަކައި އަދި އެނޫންވެސްގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެތަކެތި ބެލެހެއްޓުން.
12. ސަރުކާރުގެ ފަރާތްތަކުން ސީނުކަރައަށާއި، ސީނުކަރައިގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
13. ރަސްމީ ދަތުރުފުޅުތަކުގައި ސީނުކަރައަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށް ދިނުން.
14. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ސީނުކަރައަށް އެތެރެވިތޯ ނުވަތަ ނޫންތޯ ސީނުކަރައިގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
15. ސީނުކަރައިގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
16. ސީނުކަރައިގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
17. ސީނުކަރައިގެ ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ސީނުކަރައިގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
18. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި، ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި ފަރަންސޭސިވިލާތުގެ ސަރުކާރާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތް ކުރުން.
2. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ޔޫރަޕިއަން ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
3. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަންސޭސިވިލާތުގެ ސަރުކާރުގައި ހިނގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް މިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
4. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމާއި، އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި ރާއްޖޭގެ އިންވެސްޓަރުންނަށް ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ޔޫރަޕިއަން ކޮމިޝަނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށް ދިނުން.
5. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
6. ރާއްޖޭގެ މިނިވަންދުވަސް ޔޫރަޕިއަން ޔޫނިއަންގައި ފާހަގަކުރުން.
7. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
8. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޔޫރަޕިއަން ކޮމިޝަނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
9. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
10. މިޝަންގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، މިޝަންގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
11. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އެމްބަސީގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
12. ސަރުކާރުގެ ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަންނާއި، ބްރަސްލްސްގައާއި ޕެރިސްގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
13. ރަސްމީ ދަތުރުފުޅުތަކުގައި ޔޫރަޕިއަން ޔޫނިއަންއަށް، ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓްކޯލްގެ ޚިދުމަތް ފޯރުކޮށް ދިނުން.
14. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ބެލްޖިއަމާއި ފަރަންސޭސިވިލާތަށް އެތެރެވިތޯ ނުވަތަ ނޫންތޯ ބެލްޖިއަމާއި، ފަރަންސޭސި ވިލާތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
15. ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
16. ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
17. ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ބެލްޖިއަމާއި ފަރަންސޭސިވިލާތުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
18. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތް ކުރުން.
2. ބަންގްލަދޭޝް ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
3. ބަންގްލަދޭޝްގައި ހިނގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯރޓު ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
4. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ބަންގްލަދޭޝްގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ބަންގްލަދޭޝްގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ބަންގްލަދޭޝްގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
5. ބަންގްލަދޭޝްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
6. ރާއްޖޭގެ މިނިވަންދުވަސް ބަންގްލަދޭޝްގައި ފާހަގަކުރުން.
7. ބަންގްލަދޭޝް ސަރުކާރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
8. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީ ހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
9. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
10. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫން އެހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
11. ތާރީޚަށްޓަކައި ނުވަތަ އެނޫންކަމަކަށް ގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
12. ސަރުކާރުގެ ފަރާތްތަކުން ބަންގްލަދޭޝް ސަރުކާރަށާއި، ބަންގްލަދޭޝްގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
13. ރަސްމީ ދަތުރުފުޅުތަކުގައި ބަންގްލަދޭޝަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން.
14. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ބަންގްލަދޭޝަށް އެތެރެވިތޯ ނުވަތަ ނޫންތޯ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
15. ބަންގްލަދޭޝްގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
16. ބަންގްލަދޭޝްގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
17. ބަންގްލަދޭޝް ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
18. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި ޕާކިސްތާނު ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތް ކުރުން.
2. ޕާކިސްތާނު ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
3. ޕާކިސްތާނުގައި ހިނގާ ސިޔާސީ، އިޤްތިޞާދީ މުހިންމު ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ފެންނަ އެނޫން ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
4. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ޕާކިސްތާނުގެ އިންވެސްޓަރުންނަށް ފޯރުކޮށް ދިނުމާއި، އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޕާކިސްތާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ ރާއްޖޭގެ އިންވެސްޓަރުންނަށް ޕާކިސްތާނުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
5. ޕާކިސްތާނުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
6. ރާއްޖޭގެ މިނިވަންދުވަސް ޕާކިސްތާނުގައި ފާހަގަކުރުން.
7. ޕާކިސްތާނު ސަރުކާރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
8. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޕާކިސްތާނު ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
9. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
10. ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތުހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
11. ތާރީޚަށްޓަކައި ނުވަތަ އެނޫންކަމަކަށް ގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
12. ސަރުކާރުގެ ފަރާތްތަކުން ޕާކިސްތާނު ސަރުކާރަށާއި، ޕާކިސްތާނުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
13. ރަސްމީ ދަތުރުފުޅުތަކުގައި ޕާކިސްތާނަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށްދިނުން.
14. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ޕާކިސްތާނަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
15. ޕާކިސްތާނުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
16. ޕާކިސްތާނުގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
17. ޕާކިސްތާނު ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ޕާކިސްތާނުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
18. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ވޮޝިންގްޓަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް
1. އެމެރިކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ހިންގަންޖެހޭ އެކިއެކި މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި އެމެރިކާއާ ދެމެދު އެކުވެރިކަން އުފައްދަން މަސައްކަތް ކުރުން.
2. އެމެރިކާގައި ކިޔަވަންތިބޭ ދިވެހި ކުދިންނާއި އެހެނިހެން ބޭނުމުގައި ތިބޭ ދިވެހިންނަށް އެމެރިކާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް، އެމެރިކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަމަށް ބޭނުންވާ ލިޔުން، ސަރުކާރުން އަންގަވާ ގޮތެއްގެމަތިން ދޫކުރުން.
3. އެމެރިކާގައި އުފަންވާ ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
4. އެމެރިކާގައި ހާލުގައި ޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުން.
5. ވޮޝިންގްޓަނަށް ވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނާއި، އެމެރިކާގައި ޓްރާންސިޓް ކުރައްވާ މިފަދަ ފަރާތްތަކާ މިނިސްޓްރީން އަންގައިފި ހިނދެއްގައި އެއަރޕޯޓުން އިސްތިޤްބާލުކޮށް، އެންގި މިންވަރަކަށް ޕްރޮޓްކޯލާބެހޭ ކަންތައްތައް ހަމަޖެއްސުން.
6. ދިވެހި ސަރުކާރުގެ އޮފިޝަލުން، ރަސްމީ ކަންތައްތަކުގައި ބޭރުގެ އެކިއެކި ޤައުމުތަކަށް ވަޑައިގަތުމަށް ބޭނުންވާ ވީޒާގެ ކަންތައް ބޭނުންވެއްޖެ ހިނދެއްގައި، އެމެރިކާގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީ/ ހައިކޮމިޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
7. ސަރުކާރުގެ އެކިއެކި ފަރާތްތަކުން ފޮނުއްވައިގެން އެމެރިކާގައި ކިޔަވަމުންދާ ދިވެހި ކުދިން އެމެރިކާގައި ތިބުމާއި ކިޔެވުމާބެހޭ ކަންތައްތަކުގައި އެހީތެރިވެދިނުން.
8. އެމެރިކާގެ ޓީވީއާއި ރޭޑިއޯއިން ފޮނުވާ އަދި ނޫސްތަކުގައިޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ކަންކަމާބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސްރިލީޒް ނެރުންފަދަ ކަންތައްތައް ކުރުން.
9. އެމެރިކާގައި ދިވެހި ސަރުކާރުން ހައްދަވާ ތަންތަން އިމާރާތްކުރުމާބެހޭ ކަންތައްތައް ސަރުކާރުން އަންގަވައިފި ހިނދެއްގައި ކުރުން.
10. ދިވެހި ސަރުކާރުން އެމެރިކާގައި ހިންގަވާ އެކިއެކި މަޝްރޫޢުތަކަށް ހިނގާ ޚަރަދުތަކުގެ ހިސާބުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ބެލެހެއްޓުން.
11. އެމެރިކާގައި ސަރުކާރުންނާއި، އެހެނިހެން މިޝަންތަކުންނާއި، އެކިއެކި ޖަމާޢަތްތަކުން ދިވެހި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ފޮނުއްވާ ޚާއްޞަ ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ސަރުކާރުގެ ފަރާތްތަކުން އެމެރިކާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި އެނޫން ފަރާތްތަކަށް ފޮނުއްވާ އެކިއެކި ލިޔުންތަކާއި އެފަދަ ތަކެތި ރައްދުކުރުން.
12. އެމެރިކާ ސަރުކާރުގެ އިސްފަރާތްތަކާއި، ކޮންގްރެސް އާއި ސެނެޓުގެ މެންބަރުންނާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި، ޚަބަރުފަތުރާ ފަރާތްތަކާ ގުޅުން އުފައްދައި އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
13. ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ލިބޭ ދަޢުވަތު ގަބޫލުކޮށް، އެފަދަ ހަފުލާތަކުގައި ބައިވެރިވުން.
14. ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތަކާބެހޭގޮތުން އެމެރިކާގެ ސިޔާސަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ފައިދާއަށާއި، މަޞްލަޙަތަށް އަސަރުކުރާނެކަމަށް ފެންނަ ކަންތައްތައް ބަލައި، އެ ކަންތައްތަކާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދައި، ދިވެހި ސަރުކާރަށް އަންގަމުން ގެންދިއުން.
15. ދިވެހިރާއްޖެއަށް އެހީވާ ބޭރުގެ ޤައުމުތަކާއި ސިޔާސަތަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު، 14 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ދުރާލައި ހޯދުން.
16. ދިވެހިރާއްޖޭގެ އިޤްތިޞާދީ ވިޔަފާރިއާއި ޓޫރިޒަމުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރާބެހޭ މަޢުލޫމާތު އެމެރިކާ ރައްޔިތުންނަށް ދިނުން.
ޔުނައިޓެޑް އެރެބް އެމިރޭޓްސް(ޔޫ.އޭ.އީ) ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް
1. ދިވެހި ސަރުކާރާއި ޔޫ.އޭ.އީ ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު އެކުވެރިކަން ދަމަހައްޓައި، އެކަން ބަދަހިކުރުމަށް މަސައްކަތް ކުރުން.
2. ޔޫ.އޭ.އީ ސަރުކާރުގެ އިސް ފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، ޚަބަރުފަތުރާ ފަރާތްތަކާއި، ޔޫ.އޭ.އީގައި ޙަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
3. ޔޫ.އޭ.އީގައި ހިނގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި، ދިވެހިރާއްޖެއަށް މުހިންމުވާނެ ކަމަށް އެމްބަސީއަށް ފެންނަ އެނޫން ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
4. ޔޫ.އޭ.އީގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޔޫ.އޭ.އީގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ ރާއްޖޭގެ އިންވެސްޓަރުންނަށް ޔޫ.އޭ.އީގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުން.
5. ޔޫ.އޭ.އީގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
6. ރާއްޖޭގެ މިނިވަންދުވަސް ޔޫ.އޭ.އީގައި ފާހަގަކުރުން.
7. ޔޫ.އޭ.އީ ސަރުކާރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ، އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވާގޮތެއްގެމަތިން ރާއްޖެ ތަމްސީލުކުރުން.
8. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޔޫ.އޭ.އީ ސަރުކާރަށް ހުށަހަޅުއްވާ މަޝްރޫޢުތައް ވިލަރެސްކުރުމާއި ފޮލޯއަޕް ހެދުން.
9. މީހުން ބިނާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރުން.
10. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
11. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
12. ސަރުކާރުގެ ފަރާތްތަކުން ޔޫ.އޭ.އީ ސަރުކާރަށާއި، ޔޫ.އޭ.އީގައި ހުންނަ އެހެން ގައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
13. ރަސްމީ ދަތުރުފުޅުތަކުގައި ޔޫ.އޭ.އީއަށް ވަޑައިގަންނަވާ ދިވެހި ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށްދިނުން.
14. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ޔޫ.އޭ.އީއަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޔޫ.އޭ.އީގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ހޯދުމަށް މަސައްކަތް ކުރުން.
15. ޔޫ.އޭ.އީގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
16. ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
17. ޔޫ.އޭ.އީ ސަރުކާރުގެ އެކިއެކި ޕްރޮގްރާމްގެ ދަށުން ޔޫ.އޭ.އީގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
18. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް
1. ޖަރުމަނުވިލާތުގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ހިންގަންޖެހޭ އެކިއެކި މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޖަރުމަނުވިލާތުގެ ސަރުކާރާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތް ކުރުން.
2. ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، ޚަބަރުފަތުރާ ފަރާތްތަކާއި، ޖަރުމަނުވިލާތުގެ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
3. ޖަރުމަނުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޖަރުމަނުވިލާތުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ ރާއްޖޭގެ އިންވެސްޓަރުންނަށް ޖަރުމަނުވިލާތުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
4. ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އެކިއެކި ކަންކަމުގައި އިސްނަގައި ބައިވެރިވެ، ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެހީތެރިވުން.
5. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޖަރުމަނުވިލާތުގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތައް ވިލަރެސްކުރުން.
6. ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
7. ޖަރުމަނުވިލާތުގެ ސަރުކާރުންނާއި އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލްކުރުން.
8. ޖަރުމަނުވިލާތުގެ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން ޖަރުމަނުވިލާތުގައި ކިޔަވާ ކުދިންނާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
9. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
10. ޖަރުމަނުވިލާތުގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
11. ޖަރުމަނުވިލާތުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
12. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ޖަރުމަނުވިލާތަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޖަރުމަނުވިލާތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
13. ރަސްމީ ދަތުރުފުޅުތަކުގައި ޖަރުމަނުވިލާތަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން) ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން.
14. ރާއްޖޭގެ މިނިވަން ދުވަސް ޖަރުމަނުވިލާތުގައި ފާހަގަކުރުން.
15. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
16. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
17. ސަރުކާރުގެ ފަރާތްތަކުން ޖަރުމަނުވިލާތުގެ ސަރުކާރަށާއި، ޖަރުމަނުވިލާތުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
18. ޖަރުމަނުގައި ހިންގާ ސިޔާސީ، އިޤްތިޞާދީ މުހިންމު ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
19. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.
ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް
1. ދިވެހި ސަރުކާރުން ތައިލެންޑު ސަރުކާރާއެކު ހިންގަންޖެހޭ އެކިއެކި މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ތައިލަންޑާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތް ކުރުން.
2. ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ދެމެހެއްޓުމަށާއި، ދިވެހި ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާރިޖީ ދާއިރާއިން ކުރަންޖެހޭކަންކަން، ތައިލެންޑް ސަރުކާރާއި، ތައިލެންޑުގެ އަމިއްލަ ފަރާތްތަކާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ މަޝްވަރާގެ މަތިން ކުރުން.
3. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގާގޮތެއްގެ މަތިން، ސަރުކާރުގެ ކަމާބެހޭ ސިޔާސަތުތަކާއެއްގޮތަށް ތައިލެންޑުގައި ހުންނަ އ.ދ.ގެ އޮފީސްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
4. ތައިލެންޑުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި ތައިލެންޑުގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ އިންވެސްޓަރުންނަށްދީ، ރާއްޖޭގެ އިންވެސްޓަރުންނަށް ތައިލެންޑުގައި ހުރި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކުކުރެވެންހުރި މަސައްކަތްތައް ކުރުން.
5. ތައިލެންޑް ސަރުކާރުގެ އިސްފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، ޚަބަރު ފަތުރާ ފަރާތްތަކާއި، ތައިލެންޑުގައި ޙަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުންތައް ދެމެހެއްޓުން.
6. ތައިލެންޑުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އެކި އެކި ކަންކަމުގައި އިސްނަގައި ބައިވެރިވެ، ތައިލެންޑުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެހީތެރިވުން.
7. ތައިލެންޑުގައި ދިވެހި ދައުލަތް ތަމްސީލުކުރާ އެންމެ އިސްފަރާތުގެ ޙައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފްލާތަކާއި އިޤްތިސާދީ/ވިޔަފާރީގެ ޙަފްލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަހަތުތައް ކުރިއެރުވުމަށް އެ ފުރުޞަތުތައް ބޭނުންކުރުން.
8. ތައިލެންޑު ސަރުކާރުންނާއި ރާއްޖެބައިވެރިވާ އެކިއެކި ޖަމާޢަތްތަކުން ތައިލެންޑުގައި ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދެއްވާ އިރުޝާދުގެދަށުން ރާއްޖެ ތަމްސީލުކުރުން.
9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ތައިލެންޑުން ހޯދުމަށް އިސްނަގައިގެން މަސައްކަތް ކުރުމާއި، ދިވެހި ސަރުކާރުން ތައިލެންޑު ސަރުކާރަށް ހުށަހަޅާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ކުރުން.
10. ތައިލެންޑު ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ތައިލެންޑުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ދިވެހި ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ދިވެހި ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް ދިނުމުގައި އެހީތެރިވެ ދިނުން.
11. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ތައިލެންޑުން ހޯދުމަށް މަސައްކަތް ކުރުން.
12. ތައިލެންޑުގައި ހާލުގައި ޖެހިގެން އެހީއަށް އެދޭ ދިވެހިންގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
13. ތައިލެންޑުގައި އުފަންވާ ދިވެހިކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިޔުމަންޓު ދޫކުރުން.
14. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ތައިލަންޑަށް އެތެރެވިތޯ ނުވަތަ ނޫންތޯ ތައިލެންޑުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
15. ރަސްމީ ދަތުރުފުޅެއްގައި ތައިލަންޑަށް ވަޑައިގަންނަވާ، ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ޕްރޮޓްކޯލް ޚިދްމަތް ފޯރުކޮށް ދިނުން.
16. ދިވެހިރާއްޖޭގެ މިނިވަންދުވަސް ތައިލެންޑުގައި ފާހަގަކުރުން.
17. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
18. ތާރީޚަށްޓަކައި އަދި އެނޫންވެސް ގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ އެމްބަސީގެ ލިޔުންތަކާއި ތަކެތި އާކައިވްކޮށް، އެތަކެތި ބެލެހެއްޓުން.
19. ސަރުކާރުގެ ފަރާތްތަކުން ތައިލެންޑުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
20. ތައިލެންޑުގައި ހިނގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި އެނޫންވެސް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓް ލަސްނުކޮށް މިނިސްޓްރީއަށް ފޮނުވުން.
21. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.