1. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަން (ފޮރެސްޓްރީ، ޕޯލްޓްރީ، އެނިމަލް ހަސްބަންޑްރީ) ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައެޅުން.
2. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރުމާބެހޭ ސިޔާސަތު ކަނޑައަޅައި، އެކަންކަން ތަންފީޒުކުރާނެ ގޮތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
3. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމަށާއި، މި ދާއިރާތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
4. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ހަދައި ހިންގުން.
5. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމުގެ ރޮނގުން އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރެވޭފަދަ މަޝްރޫޢުތައް ރާވައި ހިންގުން.
6. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ދަނޑުވެރިކަމުގެ މަސައްކަތް ދެމެހެއްޓެނިވިގޮތުގައި ކުރުމަށް ބޭނުންވާ ބޭހާއި ކެމިކަލްތައް ރާއްޖޭގައި ބޭނުންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިންގައި ބެލެހެއްޓުން.
7. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، އުފައްދާ ތަކެތި ރަނގަޅު ފެންވަރެއްގައި އުފައްދަމުން ގެންދިއުމަށް ބޭނުންވާ ގޮތްތައް ހޯދައި ތަޢާރުފުކުރުން.
8. މަސްވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި، މެރިކަލްޗަރއާއި މެރިކަލްޗަރގެ ސިނާޢަތާއި، ދަނޑުވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ، ފަންނީ އަދި އެހެނިހެން ވަސީލަތްތަކާއި ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން.
9. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ކަންކަން ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ މަޢުލޫމާތު ފޯރުކޮށްދިނުން.
10. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރުން.
11. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަން ތަރައްޤީކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމާއި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެ ދާއިރާތަކާބެހޭގޮތުން މީހުން ހޭލުންތެރިކުރުން.
12. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމުގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް މަސްވެރި އަދި ދަނޑުވެރި މުޖުތަމަޢުތަކުގެ ޤާބިލުކަން އިތުރުކުރުން.
13. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި ދަނޑުވެރިކަން ތަރައްޤީކޮށް ބެލެހެއްޓުމަށްޓަކައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް، ކަމާބެހޭ އެއްބަސްވުންތަކާއި މުޢާހަދާތަކުގައި ބައިވެރިވެ، އެ އެއްބަސްވުންތަކާއި އެ މުޢާހަދާތައް ތަންފީޒުކުރުން.
14. ރާއްޖޭގެ ކަނޑާއި، ކަނޑު އަޑީގެ ބިންގަޑާއި ހިކިފަސްބިމާއި، ބިމުއަޑީގެ ތަޙުލީލުތައްކޮށް ދިރާސާކުރުމަށް ހުއްދަ ދެވޭނެ އުސޫލުތަކާއި ގަވާއިދުތައް ކަނޑައަޅައި އެ ގަވާއިދުތައް ހިންގުން.
15. ރާއްޖޭގެ މާހައުލުގައި ހިމެނޭ ދިރޭ ތަކެތީގެ ތަޙުލީލުތަކާއި ދިރާސާތައްކުރުމަށް ހުއްދަދިނުމުގެ އުސޫލުތަކާއި ގަވާއިދުތައް ހަދައި، އެފަދަ ތަޙުލީލުތަކާއި ދިރާސާތައްކުރުމުގެ ހުއްދަ ދިނުން.
16. ކަނޑުގައި ހިމެނޭ ޤުދުރަތީ ވަސީލަތްތަކާއި ދަނޑުވެރިކަމާ ގުޅުންހުރި ޤުދުރަތީ ވަސީލަތްތަކުގެ ނަމޫނާ ނަގައި، އެއްކޮށް، ކެޓަލޮގުކޮށް، ރިފަރެންސް ކަލެކްޝަނެއްގެ ގޮތުގައި ބެލެހެއްޓުން.
17. މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބިގަތުމަށްޓަކައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ މާހައުލާގުޅޭ ތަޙްލީލުތައްކުރުން.
18. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމުގެ ތަފާސް ހިސާބާއި، އެކަންކަމާ ގުޅޭ އިޤްތިޞާދީ އަދި އިޖްތިމާޢީ މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް، ޝާއިޢުކުރުން.
19. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާނެގޮތުގެ މިންގަނޑުތައް ކަނޑައަޅައި، މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމުކޮށް ހިންގައި ބެލެއްހެއްޓުން.
20. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަމާއި، ދަނޑުވެރިކަމާ ގުޅުންހުރި ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
21. ދަނޑުހެއްދުމުގެ މަސައްކަތަށް ފަސްގަނޑާއި، ފެނުގެ ބޭނުންކުރާނެ ގޮތުގެ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަން ހިންގުމާއި، ކަމާގުޅޭ ތަޙްލީލުތައް ކުރުން.
22. ދަނޑުވެރިކަމާ ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ދިރާސާކުރުމާއި، އެފަދަ ދިރާސާތައް ކުރުމަށް ހުއްދަދެވޭ އުސޫލުތަކާއި ގަވާއިދުތައް ހަދައި ހިންގުން.
23. ރާއްޖޭގައި ގަސްގަހާ ގެއްސާއި، މަސްމަހާ މެއްސާއި އެހެނިހެން ޖަނަވާރާބެހޭ ކަރަންޓީނުގެ ނިޒާމެއް ޤާއިމުކޮށް ހިންގުން.
24. ރާއްޖޭގެ ފަރު، ފަޅު، ހާ، ތިލަ އަދި ގިރިފަދަ ތަންތަން ކުއްޔަށްދިނުން.
25. ރާއްޖޭގެ ފަޅުރަށްރަށް ކުއްޔަށްދިނުމާއި، ވަރުވާއަށް ލިޔެދިނުން.
26. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
މެރީން ރިސަރޗް އިންސްޓިޓިއުޓް ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރީން ރިސޯސަސް، އެންޑް އެގްރިކަލްޗަރގެ ދަށުންނެވެ.
މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް
1. ކަނޑުގެ މާޙައުލާއި، އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށް ޓަކައި، ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުން.
2. ރާއްޖޭގެ ކަނޑުގެ މާޙައުލުގައި އުޅޭ ދިރުންހުރި ތަކެތީގެ މަޢުލޫމާތު އެއްކުރުމާއި، ކަނޑުގެ ދިރުންތަކުގެ ސްޕެސިމަން އެއްކޮށް ބެލެހެއްޓުން.
3. ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާ ބާވަތްތަކާއި، ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި، ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުން.
4. ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު ބާވަތް ބާވަތުގެ މަސްވެރިކަން ކުރެވެނީ އެ މަސައްކަތްތަކުގައި ހިފާ ބާވަތްތަކުގެ އާބާދީއަށާއި، އެ ތަކެތީގެ މާޙައުލަށް ގެއްލުން ނުވާ ގޮތަކަށްކަމާއި، އެ ބާވަތްތައް ހިފެނީ އެ ބާވަތްތަކަށް ގެއްލުން ނުވާ މިންވަރަށްކަން ޔަގީންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކޮށް، އެ ދިރާސާތަކުގެ އަލީގައި މަސްވެރިކަމުގެ ވުޒާރާއަށް ފަންނީ ލަފާދިނުމާއި، މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ ބުނެވިދިޔަ ކަންކަމަށް އެކަށޭނަ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުން.
5. ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރުކުރުމަށް ޓަކައި، މާޙައުލީ ނިޒާމާ ގުޅުވައިގެން މި ވަސީލަތްތައް މެނޭޖްކުރުމަށް (އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓް) ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށް، ސައިންސްގެ އަލީގައި މަޢުލޫމާތު ފޯރުކޮށްދިނުން.
6. ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗަރގެ ދާއިރާ ތަރައްޤީ ކުރާނެ ގޮތުގެ ފަންނީ ލަފާ ދިނުން.
7. މަސްވެރިކަމާއި، މެރިކަލްޗަރއާއި، ފަރުތަކާ ގުޅޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ، މި ދާއިރާއިން ސައިންސް ކުރިއަރުވައި، މިފަދަ ޖަމްޢިއްޔާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
8. ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާޙައުލާ ގުޅޭ ދިރާސާތަކުން އެއްކުރާ މަޢުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުން.