1. މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމުގެ ސިޔާސަތުތައް ކަނޑައެޅުން.
2. މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމާއި މި މަސައްކަތަށް ބޭނުންވާ ކަންކަމަށް މަގުފަހިކޮށްދިނުމާއި، މިކަމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
3. މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ފުރުޞަތުތައް ދިވެހިރައްޔިތުންނަށް ހޯދައިދިނުން.
4. އަވަށު ސްކޫލު ޚިދުމަތް ދިނުމާއި، ދިވެހިރާއްޖޭގެ ކަމާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރީ ސްކޫލުގެ ޚިދުމަތްތައް ދިނުން.
5. މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަން ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެތަންތަން ހިނގާނުހިނގާގޮތް ބެލުމާއި، އެތަންތަނުގެ ތަފާސް ހިސާބު ބެލެހެއްޓުން.
6. ސަރުކާރުން ހިންގާ ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކުގެ ދަފްތަރެއް ބެލެހެއްޓުން.
7. ރާއްޖޭގައި ހިންގާ މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަން ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ބެލުމާއި، އެތަންތަނުންދޭ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
8. އެކިއެކި ކަންކަމަށް އިމްތިޙާނުކޮށް ސަނަދު ދިނުމާއި، ރާއްޖޭގައި ބާއްވާ ބޭރުގެ އިމްތިޙާނުތައް ހިންގައި ބެލެހެއްޓުން.
9. ޤައުމީ މަންހަޖުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން، ކިޔަވައިދިނުމުގެ އިތުރުން ހިންގާ ހަރަކާތްތައް ރާވައި ހިންގުމާއި އެހެނިހެން ފަރާތްތަކުން ހިންގާ އެފަދަ ކަންކަމުގައި އެހީތެރިވުން.
10. ސްކޫލްތަކަކީ ދުޅަހެޔޮ ޞިއްޙަތަކަށް ފަހިކޮށްދޭފަދަ މާޙައުލުތަކަކަށް ހެދުމާއި، ޞިއްޙީ ދުޅަހެޔޮކަމުގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.
11. މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަނުގެ ކަންކަން ތަރައްޤީކުރުމަށް ފުރުޞަތު ހޯދުމަށް ބޭރު ޤައުމުތަކާއި، ޖަމްޢިއްޔާ އަދި ޖަމާޢަތްތަކާ ގުޅިގެން މަސައްކަތްކުރުން.
12. ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކާ ގުޅިގެން ހިންގާ މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަން ޕްރޮގްރާމުތައް ވިލަރެސްކުރުން.
13. މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމުގައި ޝާމިލްވާން އެދޭ އަމިއްލަ ފަރާތްތަކަށް އެފުރުޞަތު ހޯދައިދިނުމުގައި އެހީތެރިވުން.
14. އެކިއެކި މަސައްކަތްތައްކުރުމަށް ބޭނުންވާ ޤާބިލް މީހުން އުފެއްދުމަށްޓަކައި ސަރުކާރުގެ ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކުން ކުރާ އެކިއެކި މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން އެހީތެރިވެދިނުން.
15. މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ އެކިއެކި ކަންކަމަށް އެހީވުމަށް އުފައްދާފައިވާ ތަޢުލީމީ ފަންޑުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
16. ތަޢުލީމާބެހޭ ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުމާއި، ސަރުކާރުން ހިންގާ ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކުގެ ވަސީލަތްތަކާއި، މުވައްޒަފުންނާއި، ދަރިވަރުންނާއި، ސްކޫލް ނިންމާ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުމާއި، މި މަޢުލޫމާތުތައް ޢާންމުކުރުން.
17. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ހާމަކުރަންޖެހޭ ތަފާސްހިސާބުގެ މަޢުލޫމާތު ހާމަކުރުން.
18. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
19. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ މަސައްކަތް ހިންގުމަށްޓަކައި ބޭނުންވާ ގަވާއިދުތައް ހަދައި، އެގަވާއިދުތައް ހިންގުން.
20. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ މަސައްކަތްތަކާއި ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުންނެވެ.
1. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް
2. ސަރުކާރުގެ ސްކޫލްތައް
3. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
4. ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް
5. ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ މަސައްކަތްތައް
1. ދިވެހިރާއްޖޭގެ ޢާންމު އިމްތިޙާނުތައް ކުރުމާއި، އެފަދަ އިމްތިޙާންތަކާ ގުޅިގެން ދޭންޖެހޭ ސަނަދު ދިނުން. (ޢާންމު އިމްތިޙާނުތައް ކަމުގައި ބުނެފައިވަނީ، ފަންނީ އިމްތިޙާނުތައް ފިޔަވައި، ކަނޑައެޅި އިޢުލާނު ކުރެވިފައިވާ މުޤައްރަރަކާ އެއްގޮތްވާ ގޮތުގެ މަތިން، ޤައުމީ ފެންވަރުގައި ބާއްވާ އިމްތިޙާނުތަކަށެވެ(.
2. ދިވެހިރާއްޖޭގައި ބާއްވާ ބޭރުގެ އިމްތިޙާނުތަކާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
3. 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތަކާބެހޭ ގަވާއިދުތައް ހަދައި، އެގަވާއިދުތައް ހިންގުން.
4. 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތަކުގެ ކަންކަން ރާވައި ހިންގުމާއި އިމްތިޙާނުތަކުގެ މަޢުލޫމާތު އެއްކޮށް، އެމަޢުލޫމާތުތައް ވަޒަންކޮށް ޢާންމުކުރުން.
5. އެކިއެކި އިމްތިޙާނުތަކުގެ ސަނަދު ތަރުޖަމާކޮށްދިނުމާއި، އެފަދަ ސަނަދުތައް އަޞްލާ އެއްގޮތްތޯ ބަލައި، އެކަމާގުޅޭ މަސައްކަތްކުރުން.
ސަރުކާރުގެ ސްކޫލްތަކުގެ މަސައްކަތްތައް
1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ޤައުމީ މަންހަޖާ އެއްގޮތަށް ދަރިވަރުންނަށް އުގަންނައިދިނުމާއި ދަރިވަރުން ތަރުބިއްޔަތު ކުރުން.
2. ޤައުމީ މަންހަޖުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ކިޔަވައިދިނުމުގެ އިތުރަށް ހިންގަން ބޭނުންވާ ހަރަކާތްތައް ހިންގުން.
3. ޤައުމީ މަންހަޖުގެ މަޤްޞަދުތައް ހާޞިލްކުރުމުގައި ވީ އެންމެ ފުޅާދާއިރާއެއްގައި ބެލެނިވެރިންނާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުން.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މަސައްކަތްތައް
1. ދިވެހިރާއްޖޭގެ ތަރައްޤީއަށް އަންނަ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ބަދަލުތަކާ ގުޅިގެން ތަޢުލީމީ ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވުމުގެ ގޮތުން ބޭނުންވާ ދިރާސާކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
2. ދިވެހިރާއްޖޭގެ ތަރައްޤީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، ޒަމާނާ އެއްގޮތަށް ޤައުމީ މަންހަޖު އެކަށައެޅުން.
3. ޤައުމީ މަންހަޖު ތަންފީޒުކުރެވޭ މިންވަރު ވަޒަންކުރުމާއި، ޒަމާނާ އެއްގޮތަށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
4. ޤައުމީ މަންހަޖުގައިވާގޮތުގެ މަތިން ސްކޫލުތަކުގައި ކިޔަވައިދޭނެ މުޤައްރަރު އެކަށައެޅުމާއި، ކިޔަވައިދޭ ފޮތް އެކުލަވާލުމާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ އެހީ އުފެއްދުން.
5. ޤައުމީ މަންހަޖުގައި ކިޔަވައިދިނުމަށް ބޭނުންވާ ވޮކޭޝަނަލް އަދި ޓެކްނިކަލް އެޑިޔުކޭޝަނުގެ މުޤައްރަރު އެކުލަވާލުމާއި، އެ މުޤައްރަރު ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
6. ސްކޫލްތަކުގެ ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭކަމަށް ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ތަރުބަވީ ސިފަތަކާއި ހުނަރުތަކާއި އަޚްލާޤު ދަރިވަރުންނަށް ފޯރުކޮށްދޭނެ ފަންނީ ޤާބިލުކަން ސްކޫލުތަކުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
7. ރަށްރަށުގެ ޙާލަތަށާއި ކުދިންގެ އާބާދީއަށް ރިޢާޔަތްކޮށްގެން ތަޢުލީމުދޭނެ ތަފާތު ގޮތްތައް (މަލްޓިގްރޭޑް ޓީޗިންގފަދަ) ތަޢާރުފުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމާއި، ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
8. ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތާއި ތަރައްޤީއަށް ބޭނުންވާ ތަމްރީނުދިނުމާއި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގާނެ ޤާބިލުކަން ސްކޫލުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
9. ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސްކޫލްތަކުގެ ލީޑަރޝިޕާއި ކިޔަވައިދިނުން ހަރުދަނާކުރުމަށް ބޭނުންވާ ޢިލްމީ ކޯސްތަކާއި ފަންނީ ކޯސްތައް ރާވައި ހިންގުން.
10. ދާއިމީގޮތެއްގައި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުގެ ނިޒާމު އިންތިޒާމުކޮށް ހިންގުން.
11. އުނގެނުމާއި އުނގަންނައިދިނުމުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ.) ބޭނުންކުރުމުގެ ޤާބިލުކަން ސްކޫލުތަކުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
12. މަދުރަސީ ތަޢުލީމުގެ މަރުޙަލާ ފުރިހަމަނުކޮށް ސްކޫލްތަކުން ވަކިވާ ކުދިންނަށް ތަޢުލީމުގެ ނުވަތަ ޢަމަލީ މަސައްކަތާ ގުޅުންހުރި ތަމްރީނުގެ އިތުރު ފުރުސަތު ހޯދުމަށް މަގުފަހިކޮށްދިނުން.
13. މަތީ ތަޢުލީމާއި ތަމްރީނުގެ މަރުޙަލާތަކަށް ވަނުމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އުނގެނުމުގެ ނުވަތަ ޢަމަލީ މަސައްކަތާ ގުޅުންހުރި ތަމްރީނުގެ އިތުރު ފުރުސަތު ފަހިކޮށްދިނުން.
14. ކޮމިއުނިޓީ އެޑިޔުކޭޝަނާއި ކޮންޓިނިއުއިންގ އެޑިޔުކޭޝަނުގެ ފުރުސަތުތައް އާންމުކުރުން.
15. ބޮޑެތި މީހުންނަށް ލިޔަންކިޔަން ދަސްކޮށްދޭނެ ނިޒާމެއް ޤާއިމުކުރުމާއި، ފަންކްޝަނަލް ލިޓްރަސީ ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި، ހިންގައި، ބެލެހެއްޓުން.
16. ޢިލްމީ މަޢުލޫމާތު ލިޔެ ޝާއިޢުކުރުމާއި އާންމުކުރުން.
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓްގެ މަސައްކަތްތައް
1. ރާއްޖޭގައި ފޯރުކޮށްދޭ މަދުރަސީ ތަޢުލީމުގެ ފެންވަރު ބަލައި މިންކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެކަށައަޅައި ޢާންމުކުރުން.
2. ތަޢުލީމީ ދާއިރާގެ އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަދުރަސީ ތަޢުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމާ ގުޅުން ހުރި މަސައްކަތްތައް ހިނގަނީ ކަނޑައެޅިފައިވާ އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.
3. ރާއްޖޭގައި މަދުރަސީ ތަޢުލީމު ފޯރުކޮށް ދިނުމަށް ހުއްދަދީފައިވާ ތަންތަން ހިންގަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށްތޯ ބެލުން.
4. ސަރުކާރުން ހިންގާ ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކުން ކުރާ އެންމެހައި މަސައްކަތްތައް ރިވިއުކޮށް މޮނިޓަރ ކުރުން.
5. ސަރުކާރުން ހިންގާ ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ އޮނިގަނޑުތަކާއި އެ މުވައްޒަފުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތައް އެކަށައަޅައި، އެ މިންގަނޑުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ ނިޒާމީ ފެންވަރެއްގައި ބެލުން.
6. ސަރުކާރުން ހިންގާ ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކުގައި މަސައްކަތްކުރާ ޓީޗަރުން ރަޖިސްޓްރީކޮށް ކިޔަވައި ދިނުމަށް ބޭނުންވާ ލައިސަންސް ޓީޗަރުންނަށް ދޫކުރުން.
7. ރާއްޖޭގެ މަދުރަސީ ތަޢުލީމީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް އެ ދިރާސާތަކުގެ ހޯދުންތައް ޝާއިޢު ކުރުން.
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ މަސައްކަތްތައް
1. ޤައުމީ މަންހަޖާއިއެއްގޮތަށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ދެވޭ ތަޢުލީމު ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގުރާމުތައް ފަރުމާކޮށް، ރާވާ ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުން.
2. ރަސްމީ ތަޢުލީމުގެ ނިޒާމުގެތެރެއިން، ތަޢުލީމާއި ތަމްރީނުގެ ހަމަހަމަ ފުރުޞަތުތައް ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް، އިންކްލޫސިވް އެޑިޔުކޭޝަންގެ މިންގަނޑުތަކާއި އެއްގޮތަށް އުނގަންނައިދިނުމަށް ބޭނުންވާނެ އެންމެހާ ވަޞީލަތްތައް ޤާއިމުކުރުން.
3. 'އާރލީ އިންކްލޫޝަން' އަދި 'އާރލީ އިންޓަވެންޝަން' ގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަރުދަނާ ރެފަރަލް ނިޒާމެއް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުން.
4. އިންކުލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ރާއްޖޭގައި ހިންގާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިނގާގޮތް ބަލައި ވަޒަންކޮށް ދޭންޖެހޭ ފަންނީ ލަފާދިނުން.
5. އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީންކުރުމާއި، މި ފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީންތައް ދާއިމީގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.
6. ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ގޮތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުން.
7. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށްއެޅޭ ހުރަސްތައް ކުޑަކުރުމަށާއި ޝާމިލުކުރުމުގެ ޘަގާފަތެއް އުފެއްދުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއެކު މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
8. އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާއި ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.