1. ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ ޤައުމީ ތަޞައްވުރު އެކުލަވާލައި، އެކަމާގުޅޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި ވިލަރެސްކުރުން.
2. ރާއްޖޭގެ ކަނޑުގެ ވިޔަފާރި ބަނދަރުތަކާއި ސަރަޙައްދީ ވައިގެ ބަނދަރުތައް ތަރައްޤީކުރުމާބެހޭ ސިޔާސަތުތައް ކަނޑައެޅުމާއި، ސަރަޙައްދީ ވައިގެ ބަނދަރުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމުގެ ސިޔާސަތުތައް ކަނޑައެޅުން.
3. ރާއްޖޭގެ ކަނޑުގެ ވިޔަފާރި ބަނދަރުތަކާއި ޕޯރޓް ފެސިލިޓީތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުން.
4. ރާއްޖޭގައި އެއަރޕޯޓްތައް ހިންގުމުގެ މިންގަނޑުތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަނޑައަޅައި، އެއަރޕޯޓްތައް ހިންގަމުންގެންދަނީ އެ މިންގަނޑުތަކާ އެއްގޮތައްތޯ ބެލުން.
5. ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތައް އެއްބަސްވުމާ އެއްގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
6. ރާއްޖޭގެ އެއްގަމާއި، ކަނޑާއި، މަދަނީ ވައިގެ ދަތުރުފަތުރަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
7. ކަނޑުދަތުރުކުރާ އުޅަނދުފަހަރުން ކަނޑުގެ ތިމާވެއްޓަށް ގެއްލުންވާފަދަ ކަންކަން ވިޔަނުދިނުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އެންމެހައިކަންކަން ވިލަރެސްކުރުން.
8. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޝިޕިންގ އިންޑަސްޓްރީ ތަރައްޤީކޮށް، ކުރިއެރުވުމާގުޅޭ ކަންކަން ކުރުން.
9. ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި، ބޭރުދަތުރުކުރާ ބޯޓުފަހަރުން ދިވެހިންނަށް ހުރި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރުން.
10. ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.
11. އެއްގަމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ފަޅުވެރިން ތިބެންޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައެޅުން.
12. އެއްގަމާއި، ކަނޑުގެ އުޅަނދުފަހަރު ދުއްވާ ފަރާތްތައް އިމްތިޙާނުކުރުމާއި، އެފަރާތްތަކަށް ދޭންޖެހޭ ލައިސަންސް ދިނުން.
13. އާގުބޯޓްފަހަރުގައި ވަޒީފާއަދާކުރާ ދިވެހިންނަށް ދޭންޖެހޭ "ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ" އާއި "ކޮންޓިނުއަސް ޑިސްޗާރޖް ސެޓްފިކެޓް" ދޫކުރުމާއި، މިފަދަ ސެޓްފިކެޓްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
14. މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާއެއްޗެހި ދުއްވުމުގެ ކަންކަން ކަމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
15. ރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ޢާންމު ޚިދުމަތް ދިނުމާގުޅޭގޮތުން، ކަމާބެހޭ ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުން.
16. ޢާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ޚިދުމަތްދިނުމުގެ މިންގަނޑުތައް ކަނޑައަޅައި ވިލަރެސްކުރުން.
17. އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތަކާގުޅޭ ގޮތުން ދޫކުރަންޖެހޭ ލައިސަންސްތައް ދޫކުރުން.
18. އެއްގަމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކުރުމާއި، އުޅަނދުފަހަރާބެހޭ ދަފްތަރު ބެލެހެއްޓުން.
19. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަހުނު ރަޖިސްޓްރީކުރުމާއި، ރަހުނާބެހޭ ދަފްތަރު ބެލެހެއްޓުން.
20. އެއްގަމުގައި ދުއްވާ އުޅަނދުތަކަށް ދޭންޖެހޭ ރޯޑްވާރދިނަސް ސެޓްފިކެޓް ދިނުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދޭންޖެހޭ ސަލާމަތީ ސެޓްފިކެޓާއި ސްޓެޓިއުޓަރީ ސެޓްފިކެޓް ދިނުމާއި، މިކަންކަމާގުޅޭ އެންމެހައި ކަންކަން ވިލަރެސްކުރުން.
21. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ހުންނަންޖެހޭ އާލާތްތަކާއި ސާމާނުތައް އިންސްޕެކްޓްކޮށް ސާރވޭކުރުމާއި، އުޅަނދުފަހަރުން ޚިދުމަތްދިނުމުގެ ކެޓަގަރީތައް ކަނޑައެޅުން.
22. އެއްގަމާއި ކަނޑުގެ ދަތުރުފަތުރަށް ބޭނުންވާ ޓްރެފިކް ލައިޓާއި، ނެވިގޭޝަން ލައިޓާއި، ބޮއި އަދި މިނޫންވެސް ނެވިގޭޝަން އެއިޑްތައް ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެތަކެތި ބެލެހެއްޓޭނެ ނިޒާމެއް ރާވައި، އެކަންކަން ވިލަރެސްކުރުން.
23. ދިވެހިރާއްޖޭގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ކަނޑުގެ އުޅަނދުފަހަރުގެ ޕޯރޓްސްޓޭޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް ބަލަހައްޓައި ވިލަރެސްކުރުން.
24. ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޕައިލޮޓޭޖްގެ ޚިދުމަތާއި، ކޯސްޓަލް ނެވިގޭޝަންގެ ޚިދުމަތްދިނުމާއި، ވިޔަފާރި ބަނދަރުތަކުން ފޯރުކޮށްދޭންޖެހޭ މެރީން ސަރވިސްގެ ކަންތައްތައް ވިލަރެސްކުރުން.
25. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމާއި، އެފަދަ ކަންކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތުދިނުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
26. ރާއްޖޭގެ އެއްގަމާއި، ކަނޑާއި، މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތަކުގެ އަލީގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައްގެނައުމާއި، އެފަދަ ކަންކަމުގެ މަޢުލޫމާތު ޢާންމުކުރުން.
27. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ކަނޑާއި ވައިގެ ދަތުރުފަތުރުގެ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމާއި، އެކަންކަން ވިލަރެސްކުރުން.
28. ރާއްޖޭގައި ކަނޑުގެ އުޅަނދު ބަންނަ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ރާއްޖޭގައި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރު ބަނުމާއި މަރާމާތުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.
29. ރާއްޖެއަށް އެތެރެކުރާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ މާވަޑިކަން ޤަބޫލުކުރާނެ މިންގަނޑުތައް ކަނޑައެޅުން.
30. ރާއްޖޭގެ އެއްގަމާއި، ކަނޑާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވުމާއި، މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
31. ރާއްޖެއާއި ދޭދޭ ޤައުމުތަކާއެކު ދަތުރުފަތުރުގެ ދާއިރާއިން ގުޅާލުމުގެ ގޮތުން އެއްބަސްވާންޖެހޭ އެއްބަސްވުންތަކުގައި ދިވެހި ސަރުކާރު ތަމްސީލްކުރުމާއި، އެފަދަ އެއްބަސްވުންތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުން.
32. އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެކި ޤައުމުތަކާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ކޮމިޝަންތަކާއި، ޖަމްޢިއްޔަތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
33. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި، އެފަދަ ކަންކަމަށް އެއްބާރުލުން ދިނުން.
34. އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ހޯދުންތަކާއި، ދިރާސާތަކާއި، ތަޙުޤީގުތަކާއި، ތަފާސްހިސާބުތައް އެއްކުރުމާއި، މިކަންކަމާގުޅިގެން އެކުލަވައިލަންޖެހޭ ރިޕޯޓްތައް އެކުލަވައިލައި ޝާއިޢުކުރުން.
35. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.