އަލްފާޟިލް ޢަލީ ނަސީމު
މއ.ޕެރިސްގެ

               1988 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ޢަލީ ނަސީމްގެ ޚިދުމަތް ދަނީ ލިބެމުންނެވެ. މިގޮތުން 1988ން ފެށިގެން މިހާތަނަށް ކުޅެވުނު ޕޮމިސްކަޕް މުބާރާތްތަކަށް ރާއްޖެއިން ބޭރުން ގެނެވުނު ޓީމުތަކުގެ ވިލަރެސްކަމާއި، 1995 ގެ ސާފްގޭމްސްގައި ބައިވެރިވި ދިވެހި ޓީމުގެ އޮފިޝަލްކަމާއި، 1996 ގައި ރާއްޖޭގައި ބޭއްވި އޭޝިއަން ޔޫތު މުބާރާތުގެ ޓީމުތަކުގެ ވިލަރެސްކަން ކޮށްދެއްވީ ޢަލީ ނަސީމެވެ. އަދި 1988 ން ފެށިގެން މިހާތަނަށް ރާއްޖޭގައި ކުޅެންޖެހުނު މެޗުތައް ކުޅުމަށް ބޭރުން އައި ޓީމުތަކުގެ ވިލަރެސްކަން ކޮށްދެއްވައި، ޤައުމީ ޓީމު ބޭރަށް ކުރި ދަތުރުތަކުގައި އޮފިޝަލެއްގެ ގޮތުގައި ބައިވެރިވެލެއްވިއެވެ.

               އަދި މިހާރު ތަމްރީނު ލިބެމުންދާ ދިވެހި ޤައުމީ ޓީމާއި، އެކި އުމުރުގެ ޓީމުތައް ތައްޔާރުކުރުމުގައިވެސް ނަސީމް އެހީތެރިވެދެއްވައެވެ. އަދި ދިވެހި ޤައުމީ ޓީމުގެ ތަމްރީނުތަކުގައި ބޭނުންކުރާ ބައެއް ހެދުން، އަގެއްނެތި މީނާގެ އަމިއްލަ ޚަރަދުގައި ދޮވެދެއްވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.