އަލްފާޟިލް ނައުޝާދު ވަޙީދު
މއ.ސިލްވަރސީން

               ކުރެހުމުގެ މަސައްކަތް ނައުޝާދު ވަޙީދު ފެށްޓެވީ މަދްރަސީ ދައުރުގައެވެ. މީނާ ޤައުމީ އަދި މަދްރަސީ ފެންވަރުގެ މަޢުރަޟުތަކުގައި މަތީ ވަނަތައް ޙާޞިލުކުރައްވާފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް މުބާރާތްތަކުގައިވެސް ކާމިޔާބީ ޙާޞިލު ކުރައްވާފައިވެއެވެ. މީގެތެރޭގައި 1989 ގައި، ޔޫ.އެސް.އޭ.ގެ މިނިއަޕޮލިސް/މިނެސޯޓާގެ އާޓް އިންސްޓްރަކްޝަން ސްކޫލުން ބޭއްވި ކުރެހުމުގެ މަޢުރަޟުން 3 ވަނަ ހޯއްދެވުމާއި، ހަމަ އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި 4 ވަނަ އޭޝިއަން އާޓް ބިއަނަލްގައި ކުރެހުން ބައިވެރިކުރެއްވުން ހިމެނެއެވެ.

               ނައުޝާދު ވަޙީދުގެ ކުރެހުންތައް ރާއްޖޭގެ ވަރަށް ގިނަ ރިޒޯޓުތަކުގައި ވަނީ ބެހެއްޓިފައެވެ. އަދި އޮސްޓްރޭލިޔާއާއި، ސްރީލަންކާއާއި، ބަންގްލަދޭޝްގެ ބައެއް ތަންތާނގައިވެސް މީނާގެ ކުރެހުންތައް ބެހެއްޓިފައިވެއެވެ. 1993ގައި ރާއްޖޭގައި ނައުޝާދުގެ އަމިއްލަ ކުރެހުންތަކުގެ ދައްކާލުމެއް ބޭއްވެވިއެވެ.

               ޤައުމީ އަދި އެހެންވެސް ބައެއް މުނާސަބަތުތަކާ ގުޅިގެން ބާއްވާ އެކިއެކި ކުޅިވަރުތައް ފަދަ ކަންކަމާ ގުޅޭގޮތުން އެކިއެކި ކުރެހުންތައް ނައުޝާދު ހިލޭ ކުރައްސަވައިދެއްވައެވެ. އަދި ތުއްތުކުދިން ކުރެހުމަށް ޝައުޤުވެރިކުރުވައި، ކުރަހަން ދަސްކޮށްދެއްވައެވެ.