އަލްފާޟިލް ޢަލީ ރަފީޤު
ހ.ނީލްވިލާ

               ޢަލީ ރަފީޤަކީ ސްކޫލް ދުވަސްވަރު، "ހަވީރު" ނޫހަށް ލިޔުއްވަން ފެށްޓެވި ބޭފުޅެކެވެ. އަދި 1983 ން ފެށިގެން ދާއިމީގޮތެއްގައި ޢަލީ ރަފީޤު އެ ނޫހަށް ލިޔުއްވަމުން ގެންދަވައެވެ. އިނގިރޭސި ބަހުން ޝާއިޢުކުރެވުނު "ސްޕެކްޓްރަމް" ނޫހަށްވެސް 1985 ން ފެށިގެން ލިޔުއްވަމުން ގެންދެވިއެވެ. 1987ން ފެށިގެން "ހަވީރު" ގެ އެޑިޓަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ ޢަލީ ރަފީޤެވެ.

               ރާއްޖެއަށް މުޅިން އާ ރޮނގެއް ކަމުގައިވާ އިންޓަރނެޓްގެ ތެރެއިން، "ހަވީރު" ނޫސް ލިބޭނެ އިންތިޒާމުތައް ކުރެއްވުމުގައި، އެންމެ އިސް ފަރާތަކީވެސް ޢަލީ ރަފީޤެވެ. މި ޚިދުމަތުގެ ސަބަބުން ބޭރު ޤައުމުތަކުގައި ތިބޭ ދިވެހިންނަށް، ރާއްޖޭގެ ޚަބަރުތަކާއި ފޮޓޯތައް ދުވަހުން ދުވަހަށް ބެލުމުގެ ފުރުޞަތު ލިބިފައިވެއެވެ.