އަލްފާޟިލް ލޯޖެހި އަޙްމަދު މަނިކު
ގ.ޕާނިސް

               ލޯޖެހި އަޙްމަދު މަނިކަކީ ތަފާތު ބާވަތް ބާވަތުގެ ފިނި ބުއިންތައް ތައްޔާރުކުރައްވައި، ބާޒާރަށް ނެރުއްވަމުން ގެންދަވާ ބޭފުޅެކެވެ. 1982 ން ފެށިގެން މި މަސައްކަތް މުޅިން އަމިއްލަ ކަމެއްގެ ގޮތުގައި ކުރައްވަމުން ވަޑައިގެން، 1989 ގައި ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި އެ މަސައްކަތްވަނީ ރަޖިސްޓަރީ ކުރައްވާފައެވެ. މި ވިޔަފާރީގައި އަޙްމަދު މަނިކު ގެންގުޅުއްވާ މައިގަނޑު އުސޫލަކީ، ހެޔޮ އަގެއްގައި ޢާންމުންނަށް ގަންނަން ލިބޭގޮތަށް މި ޚިދުމަތް ދެއްވުމެވެ. މި މަސައްކަތް އަޙްމަދު މަނިކު ކުރައްވަމުން ގެންދަވާތާ 36 އަހަރު ވެއްޖެއެވެ.